ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެންމެ ކާމިޔާބު ބޮލީވުޑް ތަރިއެއްގެ ގޮތުގައި ޝްރައްދާ ކަޕޫރު ހިމެނެ އެވެ.

ގިނަ ބައެއްގެ ލޯބި ޝްރައްދާ ހޯދާފައިވާއިރު، ފޭނުން އަބަދުވެސް ޝްރައްދާއަށް އެންމެ ކަމުދާ އެއްޗެތީގެ މައުލޫމާތުތައް ހޯދާކަމީ ޝައްކެއް ވެސް ނެތް ކަމެކެވެ.

އެގޮތުން ޝްރައްދާއަށް އެންމެ ކަމުދަނީ ކޮން ވައްތަރެއްގެ ސެންޓުތަކެއްތޯ ވެސް ގިނަ ބަޔަކު އެކްޓްރެސްއާ ސުވާލުކޮށްފައިވެ އެވެ. އެ ސުވާލަށް ޝްރައްދާ ޖަވާބުދީފައިވާއިރު، އޭނާއަށް އެންމެ ކަމުދަނީ "މައިކަލް ކޯސް" ބްރޭންޑްގެ ސެންޓު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޝްރައްދާއަށް މި ސެންޓު ކަމުދާކަމަށް އެތައް ފަހަރަކު އޭނާ ބުނެފައިވެ އެވެ. އަންހެނުންނަށް ހާއްސަ މި ސެންޓު 286.61 ޑޮލަރަށް ލިބެން ހުރެ އެވެ.

ފިލްމީ ތަރި ޝްރައްދާ އަކީ މަޝްހޫރުކަމުގެ އިތުރުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރިއެކެވެ.

އެކްޓުކުރުމުގެ ހުނަރުގެ އިތުރުން އޭނާގެ މިޒާޖަކީވެސް ގިނަ ބައެއްގެ ތައުރީފު ލިބިފައިވާ އެއްޗެކެވެ. ޝްރައްދާގެ ހިތްތިރިކަމާއި އެކުވެރި މިޒާޖަކީ އާންމުންނަށް ވަރަށް ގިނައިން ފެންނަން ލިބޭ މަންޒަރުތަކެކެވެ.

ފިލްމީ އިންޑަސްޓްރީގައި ޝްރައްދާ ކުރަމުންދާ މަސައްކަތަށް ބަލާއިރު، އޭނާ ދަނީ "ލަވް ރަންޖަން" ފިލްމުގެ ޝޫޓިންގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމުގައި އޭނާއާ އެކު ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރު ލޯބީގެ ރޯލަކުން ފެނިގެންދާނެ އެވެ. އަދި އެ ދެމީހުންގެ ކެމިސްޓްރީ ކަމުދާ ކަމަށް މިހާރު ވެސް އާންމުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.