ކުރީގެ ބޮލީވުޑް ތަރި ސަނާ ޚާން ވަރަށް ބޮޑަށް ކަންނެތް ވެއްޖެ ކަމަށް އޭނާ ބުނެފި އެވެ.

ބޮލީވުޑް ތަރިންގެ ތެރޭގައި އިސްލާމްދީނަށްޓަކައި ކެރިއަރު ބަދަލުކޮށް، އިސްލާހުގެ މަގު އިހުތިޔާރުކުރި ތަރިންގެ ތެރޭގައި ކުރީގެ މަޝްހޫރު ތަރި ސަނާ ޚާން ހިމެނޭއިރު، ސަނާ ޚާން އަކީ މިއަދު އެތައް ބަޔަކަށް، އިސްލާމް ދީނަށް ގޮވާލުމުގެ މާތް މަސައްކަތް ކުރަމުންދާ އެކަކުކަމީ ޝައްކެއް ވެސް ނެތް ކަމެކެވެ.

ހަމައެހެންމެ ސަނާ ޚާން އާއި އޭނާގެ ފިރިމީހާ، މުފްތީ އަނަސް ސައީދުގެ ދިރިއުޅުމުގެ ކަންކަމަކީ ގިނަ ބަޔަކު ނަމޫނާ ނަގައި ބަލަން ބޭނުންވާ ކަންތައްތަކެވެ.

އެގޮތުން މިއަދު ސަނާ އޭނާގެ ސޯޝަލްމީޑިއާގައި އާންމުކުރި ސްޓޯރީއެއްގައި ކާރެއްގައި ދަތުރުކުރަމުން ބުނީ އޭނާ ވަރަށް ކަންނެތް ވެއްޖެ ކަމަށެވެ. އަދި ގެއިން ބޭރަށް ނިކުންނަ ހިތް ނުވާ ކަމަށާއި، އަނަސް އޭނާ ގަދަކަމުން ނަގައި، ރެސްޓޯރެންޓަކަށް ކާންގެންދާ ކަމަށް ސަނާ ބުނެފައިވެ އެވެ.

ރައްދުގައި އަނަސް ވަނީ ގެއިން ނިކުމެ، އަނަސްއާ އެކީގައި ވަގުތު ހޭދަކުރުމަށް އައުމުން ސަނާ އަށް ޝުކުރު އަދާކޮށްފަ އެވެ.

އެދެމަފިރިންގެ ދިރިއުޅުމުގެ ވައްޓަފާޅި ސޯޝަލް މީޑިއާގައި ސަނާ އާންމުކުރާއިރު، ގިނަ ބަޔަކު ދަނީ އޭގެ ސަބަބުން މުޖުތަމައުއަށާއި، ދެމަފިރިންގެ މެދުގައި ގުޅުން ބަހައްޓަން ޖެހޭ ގޮތުގެ މިސާލު އެއިން ދޭހަކޮށްދޭ ކަމަށް ބުނެ އެ ދެ މީހުންނަށް ތައުރީފުކޮށްފަ އެވެ.