ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި ލޯބީގެ ގޮތުން ގުޅޭ ތަރިންގެ ތެރޭގައި އެންމެ ބޮޑަށް އެވާހަކައެއް ދެކެވުނު ދެތަރިންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިންކަމުގައިވާ ސަންޖޭ ދަތް އާއި މާދުރީ ދިކްޝިތް ހިމެނެ އެވެ.

ސަންޖޭ އާއި މާދުރީގެ ޖޯޑަށް ފިލްމު ސްކްރީންގެ އިތުރުން އޮފް ސްކްރީންގައި ވެސް ގިނަ ބައެއްގެ ލޯބި ލިބުނެވެ. އެހެންނަމަވެސް އެދެތަރިންގެ ވަކިވުން ގޮސްފައިވަނީ އާންމުން އެންމެ ހީކުރިގޮތަކަށް ނޫނެވެ.

ސަންޖޭ އާއި މާދުރީގެ މެދުގައި ގާތް ގުޅުމެއް އުފެދި، އެ ގުޅުން ލޯތްބަށް ބަދަލުވެގެންދިޔައީ އެކީގައި ފިލްމުތައް ކުޅުމުގެ ތެރެއިންނެވެ. އޭރު ސަންޖޭ އުޅުނީ އޭނާގެ އަލަތު އަނބިމީހާ، ރިޗާ ޝަރްމާއާ ކައިވެނިކޮށްގެންނެވެ. ނަމަވެސް މާދުރީ އާއި ސަންޖޭގެ މެދުގައި ލޯބީގެ ގުޅުންވާކަން ހާމަވުމުން ރިޗާ ވަނީ ސަންޖޭއާ ދުރަށްގޮސްފަ އެވެ.

އެއާއެކު ދުވަހެއް ދުވަހަކަށް ދެމީހުންގެ ލޯބި ވަރުގަދަވެ، ކައިވެނީގެ ގޮތުން ގުޅުމަށް މަސައްކަތް ކުރަމުންދިޔަ އެވެ. ނަމަވެސް ދެމީހުންގެ ލޯތްބަށް ހުރަސްއެޅުނީ ކޯޓުގައި ކުރިއަށްދާ ސަންޖޭގެ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން އޭނާ ހައްޔަރުވި ހިސާބުންނެވެ.

އެ ހާހިސާބުން މާދުރީ ސަންޖޭއާ ގުޅުން ބާއްވަން މަސައްކަތް ކޮށްފައި ނުވާއިރު، ޖަލުން ނުކުރުމަށްފަހު ވެސް މާދުރީ ސަންޖޭއާ ގުޅުން ބާއްވަން މަސައްކަތެއް ނުކުރެ އެވެ. މިކަމުގެ ފަހަތުގައިވަނީ ކޮން ސަބަބެއްތޯ އިންޓަވިއުއެއްގައި ސުވާލުކުރުމުން މާދުރީ ބުނީ، އޭނާ ސަންޖޭއާ ގުޅުން ކަނޑާލަން ޖެހުނީ އާއިލާގެ އެދުމެއްގެ މަތިން ކަމަށެވެ. އެއާއެކު ސަންޖޭވެސް މާދުރީއާ އިތުރަށް ގުޅުން ބާއްވާފައެއް ނުވެ އެވެ.

މާދުރީ ކައިވެނީގެ ގޮތުން ގުޅުނީ ޑރ. ޝްރީރާމް މާދަވް ނޭނޭއާ އެވެ. އަދި އެ ދެމީހުންގެ ކައިވެންޏަށް ދެ ފިރިހެން ކުދިން ލިބިފައިވެ އެވެ. އަދި ސަންޖޭ ދަރު މާންނިޔާއާ ކައިވެނިކޮށްފައިވާއިރު، އެ ދެމީހުންނަށް ލިބިފައިވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.