މަޝްހޫރު "ކައިލީ ކޮސްމެޓިކްސް"ގެ މިލްކުވެރިޔާ އަދި ރިއަލިޓީ ތަރި، ކައިލީ ޖެނާ އޭނާގެ ލޯބިވެރިޔާ ޓްރެވިސް ސްކޮޓްއާ އޮތް ލޯބީގެ ގުޅުން ކަނޑާލައިފިކަން ހާމަވެއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ނޫސްތަކުން މިކަން ކަށަވަރުކޮށްދީފައިވާއިރު، ކައިލީ އާއި ޓްރެވިސް ވެސް ވަނީ މިކަން އާންމުންނަށް ހާމަކޮށްފަ އެވެ. އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އެކީގައި އުޅުމަށްފަހު ވަކިވި މިއީ ދެވަނަ ފަހަރެވެ.

ކައިލީ ޖެނާ އަދި ޓްރާވިސް ސްކޮޓް އަށް އެ މީހުންގެ އަލަތު ދަރިފުޅު ސްޓޯމީ ލިބިފައި ވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު އެވެ. ދަރިފުޅު ލިބުނުތާ މާގިނަ ދުވަހެއް ނުވެ 2019 މިދެ މީހުން ވަނީ އެ މީހުންގެ ގުޅުން ނިމުމަކަށް ގެނެސްފަ އެވެ.

މީގެ ކުރިން ކައިލީ އާއި ޓްރެވިސް ގުޅުން ކަނޑައިލީ، އެހެން އަންހެނަކާ އެކު ޓްރެވިސް ލޯބީގެ ގޮތުން ގުޅި، ކައިލީއަށް އޮޅުވާލުމުންނެވެ.

ދަރިފުޅަށްޓަކައި އެކީގައި އުޅުމަށްފަހު އަނެއްކާ ވެސް ދެމީހުން، އެ ދެމީހުންގެ ގުޅުން ކަނޑައިލިކަން ހާމަކޮށްފައިވާއިރު، މިކަމުގެ ފަހަތުގައިވާ ސަބަބެއް ދެމީހުން ވެސް އާންމުންނަށް ހާމަކޮށްފައެއް ނުވެ އެވެ.