ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރިއެއްގެ ގޮތުގައި ސަނީ ލިއޯނީ ފާހަގަކޮށްލެވެ އެވެ.
ގިނަ ބައެއްގެ ލޯބި ސަނީ ހޯދާފައިވާއިރު، ފޭނުން އަބަދުވެސް ސަނީއަށް އެންމެ ކަމުދާ އެއްޗެތީގެ މައުލޫމާތުތައް ހޯދާކަމީ ޝައްކެއް ވެސް ނެތް ކަމެކެވެ.
އެގޮތުން ސަނީއަށް ފިލްމީ ދާއިރާގައި އެންމެ ކަމުދަނީ ކޮން ތަރިއެއްތޯ ގިނަ ބަޔަކު އެކްޓްރެސްއާ ސުވާލުކޮށްފައިވެ އެވެ. އެ ސުވާލަށް ސަނީ ޖަވާބުދީފައިވާއިރު، އޭނާއަށް ބޮލީވުޑުން އެންމެ ކަމުދަނީ މަޝްހޫރު ތަރި އާމިރު ޚާން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ސަނީ ބުނިގޮތުގައި ހޮލީވުޑްގެ ތަރިންގެ ތެރެއިން އޭނާއަށް އެންމެ ކަމުދާ ތަރިއަކީ ޖޯނީ ޑެޕް އެވެ.
ސަނީ އަކީ ބޮލީވުޑްގައި ވިދަމުންދާ ތަރިއެއްގެ ގޮތުގައި އާންމުން ސިފަކޮށްފައިވާއިރު، އޭނާ ވަނީ ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ.
ހަމައެހެންމެ ގިނަ ބަޔަކަށް އެންމެ ކަމުދާ އެއް އެކްޓްރެސްއެއްގެ ގޮތުގައި ވެސް ސަނީ ފާހަގަކޮށްލެވެ އެވެ.
ޕީނަޓް ބަޓާއަކީ ފައިދާ ހުރި ލުއި ކާނާއެއް!
އެމެރިކާއިން ޔޫކްރޭނަށް 2.1 ބިލިއަން ޑޮލަރުގެ މިސައިލް ވިއްކަނީ
ޖުމައްޔިލްއަށް ކުރި ދައުވާ ލުއިކޮށްފި
