ފެމިލީ ކޯޓުގައި މިއަދު 18 ކައިވެނިކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޓުން ބުނެފި އެވެ.
މިއަދު ކުރުމަށް ހަމަޖެހިފައިވާ ކައިވެނިތަކުގެ މައުލޫމާތު ފެމިލީ ކޯޓުން އާންމުކޮށްފައިވާއިރު، އެ ކޯޓުން ބުނީ، މިއަދު އެކަނި 18 ކައިވެންޏެއް ކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
ފެމިލީ ކޯޓުން ބުނިގޮތުގައި މިހާރު، ދުވާލެއްގެ މައްޗަށް އެވަރެޖް ގޮތެއްގައި ނުވަ ކައިވެންޏާއި، 10 ކައިވެންޏާ ދެމެދުގެ އަދަދަކުން ކައިވެނި ކުރެ އެވެ.
އެގޮތުން ރީތި ތާރީހު ތަކުގައި އެވަރެޖް އަދަދު ތަކަށްވުރެ ގިނައިން ކައިވެނިތައް ކުރާކަން ފާހަގަވެ އެވެ.
އެގޮތުން މިއަދުގެ ތާރީހު ކަމަށްވާ 23.01.23 އަކީ ވެސް ރީތި ތާރީހަކަށްވާއިރު، މިއަދުވެސް މި އަދަދު އެވްރެޖް ކައިވެނި ކުރެވޭ އަދަދަށް ވުރެ ގިނަވެފައިވެ އެވެ.
ސައޫދީއަށް ދިން ޑްރޯން ހަމަލާތަކެއް އެ ގައުމުން ދިފާއުކޮށްފި
"ސެންޓަ އެންޓަޕްރައިސަސްއިން އޮޅުވާލައިގެން ފައިސާ ހޯދަން އުޅުނު"
މިނިވަން ދުވަހުގެ ތަގުރީރާމެދު ހިތާމަކުރަންޖެހޭ: ރާޝިދާ
