އިންޑިއާގައި މީހުންގެ ތަރުހީބު ލިބެނީ މުސްލިމް ތަރިންނަށް ކަމަށް ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ކަންގަނާ ރަނާއުތް ބުނެފި އެވެ.

ކަންގަނާ މިހެން ބުނެފައިވަނީ ދާދި ފަހުން ނެރިފައިވާ ފިލްމު "ޕަތާން" އަށް ލިބެމުންދާ ކާމިޔާބީއާ ގުޅުވައިގެންނެވެ.

"ޕަތާން" އަކީ 2019 ވަނަ އަހަރު ދެއްކި އެންމެ ކާމިޔާބު ބޮލީވުޑް ފިލްމު ކަމަށްވާ "ވޯ" ގެ ޑައިރެކްޓަރު ސިދާތު އާނަންދު، ޔާޝްރާޖް ފިލްމްސް، ވައިއާރްއެފް އަށް ހަދާފައިވާ ފިލްމެކެވެ. މީގެ ވިލަންގެ ރޯލުން ޖޯން އަބްރަހަމް ފެނިގެންދާއިރު، ބަތަލުގެ ރޯލުން ޝާހުރުކް ޚާން ފެނިގެން ގޮސްފައިވެ އެވެ. އަދި ސަލްމާން ޚާންގެ ފެނިލުމެއް ވެސް ފިލްމުގައި ހިމެނެ އެވެ.

މި ފިލްމަށް ކަންގަނާގެ ތައުރީފު ލިބުނު ނަމަވެސް، ކަންގަނާ ވަނީ ފިލްމާއި ގުޅުވައިގެން ވެސް ފާޑުކިޔުންތަކެއް އަމާޒުކޮށްފަ އެވެ. އެގޮތުން އިންޑިއާގެ ފިލްމު އިންޑަސްޓްރީތަކުގައި މުސްލިކް ތަރިންނަށާއި، ޚާނުންގެ އާއިލާތަކަށް ނިސްބަތްވާ ތަރިންނަށް އަބަދުވެސް ތާއީދާއި ސަޕޯޓު އޮންނަކަމަށް އޭނާ ބުނެފައިވެ އެވެ.

ކަންގަނާ އިތުރަށް ބުނިގޮތުގައި މިއީ ވަރަށް ބޭއިންސާފުކޮށް އެ ގައުމުގައިވާ ކަމެކެވެ. އަދި މިފަދައިން މުސްލިމުންނަށް ތަރުހީބު ލިބޭ ކަމަށްވާ ނަމަ، އެ ގައުމުގެ އަސްލާއި ޚިލާފުވާކަމަށް ވެސް ކަންގަނާ ބުންޏެވެ.

ކަންގަނާ އަކީ ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެދިން ރީތި ފަންނާނެކެވެ. ހަމައެހެންމެ ކަންގަނާ އަކީ އިންޑަސްޓްރީގައި ދިމާވާ އެކި ބޭއިންސާފު ކަންކަމަށް އަޑު އުފުލި ފަންނާނެކެވެ.