މޮސްކޯ (23 ޑިސެމްބަރު)- މަޝްހޫރު އެންކްރިޕްޓެޑް ޕްރައިވެޓް މެސެޖިން ޕްލެޓްފޯމް، ޓެލެގްރާމްއިން ދޭ ހިދުމަތްތަކަށް އަގު ނަގާ ގޮތަށް ނިންމައިފި އެވެ.

ޓެލެގްރާމްގެ ފައުންޑާ ޕަވެލް ދްރޯވް ބުދަ ދުވަހު ވިދާޅުވީ ކުންފުނި ބޮޑުވަމުން، ފުޅާވަމުންދާ ވަރަކަށް ކުންފުނިން ދޭ ހިދުމަތްތައް އެންމެ އެދެވޭ ގޮތަކަށް ދިނުމަށް އަންނަ އަހަރުން ފެށިގެން ޓެލެގްރާމުން ދޭ ހިދުމަތްތަކަށް އަގު ނަގަން ނިންމަފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން މުޅިން އައު ފީޗާސްތަކެއް ދެވޭނެ ކަމަށާއި އަދި ގިނަ ކަސްޓަމަރުން ވެސް އިތުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދްރޯވް ވިދާޅުވީ ކުންފުނިން ހިންގުމަށް މަދުވެގެން މިލިއަނެއްހާ ރުފިޔާ އަހަރަކަށް ބޭނުންވާނެ ކަމަށާއި އެހެން ކަމުން ފައިސާ ހޯދާނެ އިތުރު ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާރުވެސް ހިލޭ ދޭ ހިދުމަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

2013 ވަނަ އަހަރު ޓެލެގްރާމް ލޯންޗްކުރީ، ދްރޯލް އަދި އޭނާގެ ބޭބެ ނިކޮލައި ގުޅިގެންނެވެ.

ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޓެލެގްރާ ބޭނުންކުރާ މީހުން ވަރަށް ބޮޑުތަން އިތުރުވެފައިވެ އެވެ. އެގޮތުން ގާތްގަނޑަކަށް 500 މިލިއަން އެކްޓިވް ޔޫސަރުން ޓެލެގްރާމް ބޭނުންކުރަމުން ދެ އެވެ. ޓެލެގްރާމްގެ ހެޑްކުއާޓާރު ހުންނަނީ އިނގިރޭސި ވިލާތު ލަންޑަނުގަ އެވެ. - ސީއެންއޭ