ބެއިޖިންގް (01 ފެބްރުއަރީ) ރަޝިއާއިން ޔޫކްރެއިންގެ މަޝްރަހުގައި ހިންގަމުން އަންނަ ޖަރީމާތަކުން ޗައިނާ ފިލާވަޅު ނަގަމުން އަންނަ ކަމަށާއި އެ ފިލާވަޅުތަކުގެ އަލީގައި އެގައުމުން ޓައިވާން ހިފަން މަސައްކަތް ކޮށްފާނެ ކަމަށް ނޭޓޯއިން ބުނެފި އެވެ.
ނޭޓޯގެ ސެކެޓްރަރީ ޖެނެރަލް ޖެން ސްޓޮލްޓަންބާގް ވަނީ މި ބީދައިން ވާހަކަ ދައްކަވަމުން ޗައިނާއިން ޓައިވާނަށް ދެމުންދާ އިންޒާރުތަކާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ޔޫކްރެއިންގައި ރަޝިއާއަށް ކާމިޔާބު ލިބިއްޖެނަމަ މިފަދަ އިތުރު ލާއިންސާނީ ޖަރީމާތައް ހިންގަން އެހެން ގައުމުތަކަށް ހިތްވަރު ލިބޭނެ" އޭނާ ވިދާޅުވި އެވެ.
ރަޝިއާއިން ޖަޕާނަށް އަރައި ހަނގުރާމަ ފެށުމާއެކު ޖަޕާނާއި ޗައިނާއިން ވެސް ޓައިވާނާ ދެކޮޅަށް އެފަދަ ހަނގުރާމައެއް ފަށާފާނެ ކަމަށް ގިނަ ގައުމުތަކަކުން އައީ ބުނަމުންނެވެ.
ޗައިނާއަކީ ނޭޓޯއަަށް އެކި ގޮތްގޮތުން އޮތް ނުރައްކަލެއްކަން ފާހަގަ ކުރައްވަމުން ސްޓޮލްޓަންބާގް އިތުރަށް ވިދާޅުވީ ވަގުތު އޮއްވާ މިކަމަށް ހައްލެއް ގެންނަން ޖެހޭ ކަމަށެވެ.
ރަޝިއާއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ވުމަކީ މުޅި ދުނިޔެއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ސްޓޮލްޓަންބާގް ވިދާޅުވި އެވެ. -- އަލް އަރަބިއްޔާ
ނޭޓޯގެ ގިނަ ޤައުމުތަކުގެ އެހީތެރިކަމާއެކު ފަލަސްތީނުގައި ޔަހޫދީން ހިންގާ ޖަރީމާތަކުން ހިތްވަރު ލިބިގެން ރަށިޔާއިން ކުރާކަމަކަށްވެސް ވެދާނެދޯ؟