އިންޑިއާގެ ކޮޗިންއަށް ގޮސް އުޅެނިކޮށް ގެއްލުނު ހާއްސަ އެހީއަށް ބޭނުންވާ ދިވެހި މީހާ ފެނިއްޖެ އެވެ.

މިދިޔަ އަންގާރ ދުވަހު ގެއްލިގެން ހޯދަން ފެށީ ކ. ތުލުސްދޫ އަށް އުފަން 35 އަހަރުގެ މުހައްމަދު މަހުދީ އެވެ.

އޭނާ އަކީ ބައިޕޯލާ ޑިސްއޯޑާއަށް ފަރުވާހޯދަމުންދާ މީހެކެވެ. އެ ބަލީގައި މަހުދީއަށް ފަރުވާ ހޯދާތާ ހަތަރު އަހަރުވެއްޖެ އެވެ.

އޭނާ ގެއްލުނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް އޭނާ ގެންދިއުމުން އެކަމާއި ރުޅިގަދަވެ، އަޑުގަދަކުރުމަށް ފަހު ކަމަށް އާއިލާއިން ބުނެފައިވެ އެވެ.

އެގޮތުން ޑޮކްޓަރަށް ދެއްކިތަނުން މާބޮޑަށް ވަޔަލަންޓްވެ، ކޮންޓްރޯލް ނުވެގެން ހޮސްޕިޓަލުން ނިކުމެގެން ދިޔަގޮތަށް ގެއްލިފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.

އޭގެ ފަހުން މުހައްމަދުގެ ހަބަރެއް ނުވެގެން އިންޑިއާގެ ފުލުހުންނަށް އަންގައިގެންވެސް އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައިވެ އެވެ.

އާއިލާއިން ވަނީ މަހުދީ ފެނިފައިވާކަމަށް ޕޮލިހުން އާއިލާއަށް އަންގާފައިވާކަން މީޑިއާތަކަށް އާންމުކޮށްފަ އެވެ.