ޅ. އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސްގެ ހިދުމަތް މިއަދު ފަށައިފި އެވެ.

ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސްގެ ހިދުމަތް ފަށާފައި ވަނީ އެމްޑަބްލިޔުއެސްސީގެ ސީއެސްއާރުގެ ދަށުން އެ ހޮސްޕިޓަލުގައި ގާއިމުކުރި ޑައިލިސިސް ސެންޓަރުގަ އެވެ.

މި ސެންޓަރުގެ މަސައްކަތް ނިންމައި ހަވާލުކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން ބުނީ މިއީ ސަރުކާރުން ލާމަރުކަޒީ ސިއްހީ ނިޒާމެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށެވެ.

https://www.facebook.com/photo?fbid=548293097333452&set=pcb.548293424000086

މި ޑައިލަސިސް ސެންޓަރު އިމާރާތް ބިނާކޮށްފައިވަނީ ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯއްދަވާ ބަލި މީހުންނަށް ހާއްސަ ދެ އެނދާއި، އެއް އައިސޮލޭޝަން ރޫމް އަދި ޑައިލިސިސް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތަކާއެކު އެވެ.

ޅ. ހޮސްޕިޓަލުގައި ގާއިމްކުރެވުނު މި ޑައިލަސިސް ސެންޓަރު ތަރައްގީ ކުރުމުގެ މަގްސަދަކީ، މިސަރަހައްދުގެ އަތޮޅުތަކުގައި ދިރިއުޅުއްވާ، ކިޑްނީ ބައްޔަށް ފަރުވާ ހޯއްދަވާ ފަރާތަކަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. މިގޮތުން، މި ސެންޓަރުގެ ސަބަބުން މި ސަރަހައްދުގައި ކިޑްނީ ބައްޔަށް ފަރުވާ ހޯއްދަވާ ފަރާތްތައް މާލެ އައުމުގެ ބަދަލުގައި، ރަށުގައި ތިބެގެން ނުވަތަ އަތޮޅުން ވީހާވެސް ގާތުން، ފަސޭހަކަމާއެކު މި ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ. މީގެ އިތުރުން، ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯއްދެވުމަށް ކުރަންޖެހޭ ހޭދައާއި، ޚިދުމަތް ހޯއްދެވުމުގައި އުފުލަންޖެހޭ ތަކްލީފުތަކަށް މިސެންޓަރުގެ ސަބަބުން ލުޔެއް ލިބިގެންދާނެ އެވެ. މިސެންޓަރުގެ ޚިދުމަތް މި ފެށޭ ފެބުރުވަރީ މަހުގެ ތެރޭގައި އާއްމުންނަށް ލިބިގެންދާނެ އެވެ.

ޅ. އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސް ސެންޓަރު ބިނާކުރުމަށް 8 ލައްކައަށް ވުރެން ގިނަ ރުފިޔާ މިކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަނީ ހޭދަކުރެވިފަ އެވެ.