މަޝްހޫރު "ކައިލީ ކޮސްމެޓިކްސް"ގެ މިލްކުވެރިޔާ އަދި ރިއަލިޓީ ތަރި، ކައިލީ ޖެނާގެ މޫނަށް ފަހަކަށް އައިސް އާދަޔާ ހިލާފު ބަދަލެއް އައިސްފައިވާ ކަމަށް އާންމުން ބުނެފި އެވެ.

ކައިލީ އެންމެ ފަހުން އާންމުންނަށް ފެނިފައި ވަނީ ޕެރިސްގައި ބޭއްވި ފެޝަން ޝޯއެއްގައި ބައިވެރިވަނިކޮށެވެ.

މި ޝޯއަށް އޭނާ ދިޔައީ އާންމުންގެ ސަމާލުކަން އޭނާއަށް ލިބޭ ފަދަ ހެދުމެއް ވެސް ލައިގެންނެވެ. އެ ހެދުމުގައި ސިންގާއެއްގެ ބޯ ކޮނޑުގައި ޖަހާފައި ހުރުމުން އެކަމަށް ގިނަ ބަޔަކު ފާޑުކިޔާފައިވެ އެވެ.

އެހެންނަަމަވެސް ހެދުމަށް ވުރެ ވެސް ބޮޑަށް އާންމުންގެ ސަމާލުކަން ލިބުނީ ކައިލީގެ މޫނަށް އައިސްފައިވާ އާދަޔާ ހިލާފު ބަދަލަށެވެ. އެގޮތުން ކައިލީގެ މޫނުމަތިން މުސްކުޅި ކަމަށް ދައްކާ ސިފައެއް ހުރިކަން ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ.

މަޝްހޫރު "ކައިލީ ކޮސްމެޓިކްސް"ގެ މިލްކުވެރިޔާ އަދި ރިއަލިޓީ ތަރި، ކައިލީ ޖެނާ

އެނގިފައިވާ ގޮތުގައި ކައިލީ ވަނީ ކޮލުގެ ހަންގަނޑުން ރޫފިލުވުމަށާއި، މަސްޖަހާފައިވާ ކަމަށް ދެއްކުމަށް ކޮލަށް ފިލިންގްސް ލާފަ އެވެ.

ނަމަވެސް ކައިލީގެ ދެވަނަ ދަރިފުޅަށް ބަނޑުބޮޑުވުމުން އޭނާ ވަނީ ފިލިންގްސްތައް ނަގާފަ އެވެ. އެއާއެކު އޭނާގެ މޫނުމަތިން ވަރަށް ބޮޑަށް އެކަން ފާޅުވެ، މުސްކުޅިކަމަށް ދައްކަ އެވެ.