ޅ. އޮޅުވެލިފުށިގައި 750 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ޖާގައިގެ މިސްކިތެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.
މިމަހުގެ ނުވަ ވަނަ ދުވަހު އިމާރާތްކުރަން ފަށާފައިވާ މި މިސްކިތް އިމާރާތް އަޅަނީ އަމިއްލަ ފަރާތަކުންނެވެ. މިސްކިތް އިމާރާތްކުރަނީ އެރަށުގެ ބަނދަރު ކައިރީގަ އެވެ.
އޮޅުވެލިފުށީގައި އެންމެ މިސްކިތެއް ހުރުމުގެ ސަބަބުން ޖާގައިގެ ދަތިކަން އިންތިހާއަށްވާއިރު، އެ މިސްކިތް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށް އެރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު އާޒިމް ވިދާޅުވެފައިވެ އެވެ. އެގޮތުން އެރަށުގައި ބިނާކުރާ އައު މިސްކިތާ އެކު ކުރީގެ މިސްކިތް ބޭނުން ކުރުން ހުއްޓާލާނެކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އައު މިސްކިތް އިމާރާތް ކުރުމާއި އެކު، ކުރީގެ މިސްކިތް ބޭނުން ކުރާނީ ކުދި ކުދި މަސައްކަތް ކުރުމަށް ކަމަށެވެ. އެރަށުގައި ބިނާކުރާ އައު މިސްކިތާ އެކު ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމުގައި އޭނާ ވިދާޅުވި އެވެ.
އާޒިމް އިތުރަށް ވިދާޅުވި ގޮތުގައި މި މިސްކިތް އަޅަނީ މުންނާރާ އެކު ޒަމާނީ ފެންވަރަށެވެ. އަދި މިސްކިތުގައި އަންހެން މީހުންނަށް ނަމާދު ކުރެވޭނެ ނިޒާމެއްވެސް ހިމެނޭނެކަމަށް އޭނާ ވިދާޅުވި އެވެ.
މި މަަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގަ އެވެ.
ހަނގުރާމައިގެ ތެރޭގައި ވެސް ވޯލްޑް ކަޕްގައި އީރާން ކުޅޭނެ: ފީފާ
މާލެއިން ޓެކްސީއެއް ހޯދުން: ކުޑަ ވަރެއްގެ ހަނގުރާމައެއް!
މި ދުވަސްވަރު ކެއިންބުއިމުގައި ސަމާލުކަން ދޭންވީ ދެތިން ކަމެއް!
