ހެލިފެލިވެ ހަރަކާތްތެރިވެ އުޅުމަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ނުހަނު މުހިއްމު ކަމެކެވެ. އެހެން ނަމަވެސް މިކަމުގެ މުހިއްމުކަން ކުޑަކުދިންނަށް ބޮޑުވަނީ އެކުދިންގެ ހެދިބޮޑުވުމަށް އެތައް ގޮތަކުން ފައިދާ ކުރާތީ އެވެ.
ކުޑަކުދިން ގަވައިދުން ކޮންމެ ދުވަހަކު ވެސް ހަރަކާތްތެރި ބަޔަކަށް ހެދުމަކީ އެކުދިން ބޮޑުވަމުން އަންނަ އިރު ވަރަށް މުހިންމު ކަމެކެވެ. ސަބަބެއް ކަމަށް ފަހުގެ ދިރާސާއިން ދައްކަނީ މިއީ އެކުދިން ހެދި ބޮޑުވާއިރު ޑިޕްރެޝަނާއި ދުރުކޮށްދޭ ކަމެއް ކަމަށެވެ.
މިއީ ބޮޑުވުމަށްފަހު ވެސް ޑިޕްރެޝަނާ ދުރުކޮށްދޭނެ ކަމެއް ކަމަށް ކެނެޑާގެ އަލްބާޓާ ޗިލްޑްރަން ހޮސްޕިޓަލުގައި ކުރިއަށްގެންދިޔަ އެ ދިރާސާގައި ބުނެފައިވެ އެވެ.
އެ ދިރާސާގައި ވަނީ ހަރަކާތްތެރި ކޮށް އުޅޭ އަށް އަހަރާއި 19 އަހަރުގެ ކުދިންގެ ސިއްހަތު ވެސް ބަލާފަ އެވެ. އެގޮތުން ބުނެފައި ވަނީ ހަރަކާތްތެރި ކޮށް އުޅޭ ކުދިންގެ ސިއްހަތު ރަނގަޅުވެފައި އަދި ޑިޕްރެޝަންގެ އަސަރު އެކުދިންގެ ނެތް ކަމަށެވެ.
އެހެން ކަމުން ތުއްތު އިރުއްސުރެ ދަރިން ހަރަކާތްތެރި ކުރުވަން މަސައްކަތް ކުރާށެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ފައިދާކުރާނެ އެވެ.