މިއަދު އުފަންދުވަސް ފާހަގަކުރާ ބޮލީވުޑްގެ ތަރި ސަލްމާން ހާން މިވަނީ އޭނާގެ ފޭނުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާކަން ކަށަވަރުކުރަން ފަށައިފަ އެވެ.
އެގޮތުން އޭނާ ދިރިއުޅޭ ގެ ކަމަށްވާ ބާންޑްރާގެ ގެލެކްސީ އެޕާޓްމެންޓް ދޮށަށް އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށް މީހުން އެއްނުވުމަށް ސަލްމާން އިލްތިމާސްކޮށްފައިވެ އެވެ.
މިކަން އަންގާ އިއުލާނުކޮށް އެ ގޭގެ ބޭރުގައި ވަނީ ލިޔުމެއް ވެސް ހަރުކޮށްފަ އެވެ.
މީގެ ދެ ހަފްތާ ކުރިން ވެސް ސަލްމާން ވަނީ އޭނާގެ އުފަންދުވަހާ ދިމާކޮށް ކޮވިޑު-19ގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހިލާފަށް ފޭނުން އެ ގެ ކައިރިއަށް އެއްވެދާނެތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސަލްމާންގެ ގާތް މީހަކާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު ސަލްމާން ގޭގައި މަޑުނުކޮށް ހޮޓަލަކަށް ހިނގައިދާނެ ކަމަށެވެ. ނުވަތަ އޭނާގެ ދައްތަގެ ގެއަށް ވެސް ހިނގައިދާނެ އެވެ. އެކަމަކު ޕާޓީއެއް ނޯންނާނެ ކަމަށް ބުންޏެވެ.
އަސްލު އަހަރުމެންނަށް ކީއް