ބޮލީވުޑްގައި މުސްލިމް އާއިލާއަކަށް ނިސްބަތްވާ ސާރާ އަލީ ޚާން، މުސްލިމަކަށްވެ ހުރެ، ހިންދޫ ފައްޅިއެއްގައި އަޅުކަން ކުރާ މަންޒަރު ފެނުމުން އާންމުން ފާޑުކިޔަން ފަށައިފި އެވެ.
އާންމުން ސާރާއަށް ފާޑުކިޔަން ފެށީ، ސާރާ، އޭނާގެ އިންސްޓަގްރާމުގައި ހާމަކޮށް، ބުދު ދީނަށް އަޅުކަން ކުރާ މަންޒަރު ދައްކައިދޭ ފޮޓޯތަކެއް އާންމުކުރުމުންނެވެ. މި ފޮޓޯތައް ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު، ގިނަ ބަޔަކު ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފަ އެވެ.
އެހެންނަމަވެސް ސާރާގެ ފޭނުން ވަނީ ފޮޓޯތަކާއި ގުޅިގެން އޭނާއަށް އަމާޒުވާ ބަސްތަކަށް ރައްދުދީ އޭނާގެ ދިފާއުގައި ވާހަކަދައްކާފަ އެވެ. އެގޮތުން ސާރާގެ މަންމަ އަކީ މުސްލިމެއް ނޫން ކަމަށާއި، އެއާއެކު، ސާރާ އަކީ މުސްލިމެއް ކަމަށް ގަބޫލުކުރަން ޖެހޭނެ ހާލަތެއް ނެތްކަމަށް އާންމުން ބުނެ އެވެ.
އާންމުން ނުރުހުން ފާޅުކުރި ނަމަވެސް މިކަމާއި ގުޅިގެން މިހާތަނަށް ސާރާގެ އެއްވެސް ރައްދެއް ލިބިފައެއް ނުވެ އެވެ.
ސާރާ އަކީ ފިލްމު އިންޑަސްޓްރީގައި ސުންނީ މުސްލިމް އާއިލާ ކަމަށްވާ ޕަޓޯޑީ އާއިލާއަށް ނިސްބަތްވާ ތަރި ސައިފް އަލީ ޚާންގެ އަންހެން ދަރި އެވެ. ސައިފާއި ކައިވެނި ކުރުމުގެ ކުރިން ސާރާގެ މަންމަ އަމްރިތާ ސިން ވެސް މުސްލިމަކަށް ވެފައިވެ އެވެ.
"ދަ ބްލަފް"ގެ ޓްރެއިލާ: ޕްރިޔަންކާގެ ވަރުގަދަ ހުށައެޅުމެއް!
ނިމިގެން ދިޔައީ ތާރީޚުގައި ވެސް އެންމެ ރަނގަޅަށް ދިޔަ އިންތިޚާބު
ތުހުމަތުތަކެއްކޮށް ޓޫ އޮފް އަސް އިން ޝަހީދު ލެގަސީ ވަކިވެއްޖެ

ޢެކަމަކު ކަރީނާ އިސްލާމްދީން ގަބޫލެއް ނުކުރޭ އަދި ބޮލީވުޑުްގެ މުސްލިމުން ކަމަށްބުނާ ގިނަ މީހުންނަކީ ހުރިހާ ދީނެއް ގަބޫލުކުރާމީހުން . ސައިފްގެ މިހާރުގެ އަނބީގެ ދަރިންވެސް ބުދަށް އަޅުކަން ކުރަނީ މުސްލިމުންގެ އެއްވެސް ފެސްޓިވަލެއް ފާހަގަ ނުކުރޭ ސައިފްގެ ކޮއްކޮ ސޯހާވެސް ހިންދޫންގެ އަޅުކަމުގައި ބައިވެރިވޭ ސަލްމާނުގެ މަންމަވެސް ނަން ބަދަލު ކުރިޔަސް ބުދަށް އަޅުކަން ކުރާތަން ފެނޭ އެކަމުގައި މުޅި އާއިލާ ބައިވެރިވޭ. އެމީހުންގެ ނަން މުސްލިމް އަމަލްތަކުގައި ޝަރީކް ކުރުން ހުރީ.