މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އއ. މަތިވެރިން ގެއްލުނު އެރަށު ރިވެލި، ހަސަން އަލީ (މަތިވެރީ ހަސަންފުޅު) ހޯދަން މާލޭގެ ސީސީޓީވީ ފުޓޭޖްތަކެއް ބަލައިފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ހަސަންފުޅު ހޯދަން މާލޭގެ ސީސީޓީވީ ފްޓޭޖްތަކެއް ބެލީ ތަހުގީގަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

އޭނާ ހޯދަން މަތިވެރީގެ ހުރިހާ ގެއަކާ ފަޅުގެތައް އަދި ހުރިހާ ގެސްޓް ހައުސް ތަކަކާ ރަށުގެ ހޭޅިފަށް ބަލާފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި ރަށުގެ އެކި ހިސާބުތަކުގެ ސީސީޓީވީ ކެމެރާތައް ބަލައި، ރަށުގެ އެކި މީހުންނާ ސުވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަތިވެރިން ލިބެންހުރި ހުރިހާ ސީސީޓީވީ ފޫޓޭޖެއް އެއްކޮށް 157 ގަޑިއިރުގެ ފުޓޭޖް ބަލާފައިވާކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން ހަސަންފުޅު އެންމެ ފަހުން ފެނިފައިވަނީ، ޖެނުއަރީ 31 ވަނަ ދުވަހުގެ 9:30 ހާއިރު ރަށުގެ ފިހާރައަކުން ނުކުންނަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާ ހޯދުމަށް ކުރާ މަސައްކަތުގެ މައުލޫމާތު ގަވާއިދުން އާއިލާއާ ހިއްސާކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.