ބޮލީވުޑްގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ތަރި ރަންބީރު ބޭނުން ވަނީ ދަރިފުޅާއެކު ގޭގައި އަބަދުވެސް ހުންނަން ކަމަށް އޭނާ ބުނެފި އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު 14 ވަނަ ދުވަހު ކައިވެނިކުރި އާލިޔާ އާއި ރަންބީރަށް އަންހެން ކުއްޖަކު ލިބުނީ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އެވެ. އަދި ދަރިފުޅަށް އާލިއާ އާއި ރަންބީރު ނަންދިނީ "ރަހާ" ގެ ނަމުންނެވެ.

ދަރިފުޅު އުފަންވުމަށް ފަހު ވެސް ރަންބީރާއި އާލިއާގެ ޕްރޮފެޝަނަލް މަސައްކަތަށް އެއްވެސް ހުއްޓުމެއް އައިސްފައެއް ނުވެ އެވެ.

ރަހާ ވިހެއުމަށް ފަހުވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ވެސް މަސައްކަތް ކުރުމުގައި ދެމީހުން ހަރަކާތްތެރިވާތަން ވަނީ އާންމުންގެ ސަމާލުކަމަށް ސޯޝަލްމީޑިއާ މެދުވެރިކޮށް ހާމަވެފަ އެވެ. އެހެންނަމަވެސް މިއީ އެންމެ ބޭނުންވާ ގޮތް ނޫންކަމުގައި ރަންބީރު ވަނީ ބުނެފަ އެވެ.

ރަންބީރު ބުނިގޮތުގައި އޭނާ އެންމެ ބޭނުންވަނީ ރަހާ ގާތު ގޭގައި މަޑުކޮށްގެން ހުންނަން ކަމަށެވެ. އަދި މަސައްކަތް އެއްފަރާތަކަށް ޖައްސާލާށެވެ.

ރަންވީރު އިތުރަށް ބުނިގޮތުގައި ރަހާއާ އެކުގައި ވަގުތު ހޭދަކުރުމަކީ އޭނާއަށް މިހާރު އެންމެ އުފާވެރިކަން ގެނެސްދޭ ކަންތަކެވެ.

އާއިލާ އާއި ރަންބީރު އަންނަނީ މައިންބަފައިންގެ ރޯލު އެންމެ ފުރިހަމައަށް އަދާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އާލިއާ ވަނީ އޭނާގެ ދަރިފުޅު ތަރުބިއްޔަތު ކުރާނެ ގޮތާ މެދުވެސް ވާހަކަ ދައްކާފަ އެވެ. އާލިއާއާއި ރަންބީރު ބުނަނީ އެމީހުން ދަރިފުޅު ބަލަހައްޓާނީ އިތުރު މީހަކާ ހަވާލުނުކޮށް ދެ މީހުން އަމިއްލައަށް ކަމަށެވެ.