ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 2340 ސާމްޕަލްގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 16 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 11 ކޭސް ފެނިފައިވަނީ މާލެއިންނެވެ. އަދި އެއް ކޭސް އަތޮޅުތަކުން ފެނުނުއިރު ރިސޯޓުތަކުން ހަތަރު ކޭސް ފޭނިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 13،660 އަށް އަރައިފަ އެވެ. އޭގެތެރެއިން 13،082 މީހުން ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ.

މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 523 އެވެ. އޭގެތެރެއިން 35 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްތަކުގަ އެވެ. އަދި އެކަކަށް އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް ކޮވިޑް ޖެހިގެން 48 މީހަކު ރާއްޖެއިން ވަނީ މަރުވެފަ އެވެ.