ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕްރައިމަރީގެ ވޯޓްލުން ފަށައިފި އެވެ.
ގުރައިދޫ ދާއިރާގެ އެމްޑީޕީ ގެ ޕްރައިމަރީ ފަށާފައި ވަނީ މިއަދު ހެނދުނު އެވެ. މާލެ އާއި ގުރައިދޫ ހިމެނޭ ދާއިރާގެ ރަށްތަކުގައި ވޯޓުލުން ކުރިއަށް ދާނެ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި ޕްރައިމަރީގެ ވޯޓުލުން މިއަދު ހަވިރު 5:00އާއި ހަމައަށް ކުރިއަށްދާނެ ކަމަށްވެސް އެމްޑީޕީން ބުނެ އެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީ އިން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
އެމްޑީޕީގެ ޕްރައިމަރީ އަށް ކުރިމަތިލާފައި ވަނީ 4 މެމްބަރުންނެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޭޕްރީލް 15 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފަ އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމީ އެ ދާއިރާގެ މެމްބަރު ކަމަށް ހުންނެވި އިބްރާހީމް ރިޒާ މިދޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ އަވަހާރަވުމުން ނެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. ގުރައިދޫ ދާއިރާގައި ހިމެނެނީ، ގުރައިދޫގެ އިތުރުން މާފުއްޓާއި ގުޅި އެވެ.
ރިޒާ އަވަހާރަވީ މެލޭޝިއާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް ކަމަށް މައުލޫމާތު ލިބެ އެވެ.
މަޖިލީހުގެ ޕީޕީއެމްގެ މެމްބަރު ރިޒާ ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސަކަން ވެސް ކުރައްވާފައި އެވެ.
 ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ވިސްނަންޖެހޭ ދެތިން ކަމެއް!
			ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ވިސްނަންޖެހޭ ދެތިން ކަމެއް!
		 އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
			އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		 އަނެއްކާވެސް ޝަހީމް އިތުރުފުޅު ހައްދަވައިފި
			އަނެއްކާވެސް ޝަހީމް އިތުރުފުޅު ހައްދަވައިފި
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					