މޯލްޑިވިއަންގެ ފްލައިޓެއްގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެ ކުއްލި ހާލަތުގައި އަނބުރާ ވީއައިއޭއަށް ޖައްސައިފި އެވެ.
ޓެކްނިކަލް މައްސަލައެއް ދިމާވެގެން އަނބުރާ ޖެއްސީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ލ. ކައްދޫއަށް ދަތުރުކުރި ފްލައިޓެކެވެ.
މޯލްޑވިވިއަން އިން ބުނީ މި ފްލައިޓު އަނބުރާ ޖެއްސީ މިއަދު ހެނދުނު ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކީ އެހާ ބޮޑު މައްސަލައެއް ނޫން ކަމަށްވެސް މޯލްޑިވިއަން އިން ބުނެ އެވެ.
ނަމަވެސް ކުއްލި ހާލަތު ދިމާވާން މެދުވެރިވީ ކީއްވެކަން ހާމަކޮށްފައެއް ނުވެ އެވެ.
ފްލައިޓަށް ދިމާވި މައްސަލަ ހައްލުކުރުމަށް މޯލްޑިވިއަންގެ ޓެކްނިކަލް ޓީމުން މަސައްކަތްކުރަމުން އަންނަ ކަމަށާއި މިއަދު މެންދުރުފަހު 1:00 ގެ ކުރިން ފްލައިޓްގެ ދަތުރުތައް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އެއާލައިނުން ބުނެ އެވެ.
ޑިސެމްބަރު މަހު ސްކޭމްގެ 179 މައްސަލައެއް ރިޕޯޓް ކުރި: ފުލުހުން
"ދަ ބްލަފް"ގެ ފަސްޓް ލުކްގައި ޕްރިޔަންކާގެ ތަފާތު ފެނިލުމެއް!
ވޯލްޑްކަޕް ކަވަރޭޖް ފުޅާކުރަން ޓިކްޓޮކްއާއެކު އެއްބަސްވުމަކަށް