ކުޑައިރު އެންމެ ގިނައިން ދޮގު ހަދާފައިވާ ހުންނާނީ މަންމަ ނީތޫ ކަޕޫރަށް ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރު އެއްބަސް ވެއްޖެ އެވެ.

އިންޑިއާގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ރަންބީރު ބުނީ ކުޑައިރު ކުރާ ގޯސް ކަންކަން މަންމައަށް ފަޅާ އަރާފައި ހުންނާނެ ކަމަށާއި އެކަންކަން ފޮރުވުމަށް ދޮގުހެދި ކަމަށެވެ.

އެގޮތުން ސްކޫލުގައި އުޅެމުން ސިނގިރޭޓު ބޮނިކޮށް މަންމައަށް ފަޅާއެރި ކަމަށާއި އެކަމަށް މައާފަށް އެދި މަންމަ ކައިރީގައި އާދޭސްކުރި ހަނދާން ވާކަމަށް ރަންބީރު ބުންޏެވެ.

މިފަހުން ނުކުތް "ތޫ ޖޫތީ މޭ މައްކާރު"ގައި ޝްރައްދާ ކަޕޫރާއެކު ފެނިގެންދާ ރަންބީރު ކަޕޫރު މިގޮތަށް ވާހަކަ ދައްކާފައިވަނީ ފިލުމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި އެންމެ ގިނައިން ދޮގު ހެދީ ކާކަށްތޯ ސުވާލު ކުރެވުމުންނެވެ.

ކުޑައިރު އެހެން އުޅުނު ނަމަވެސް މިއަދު އޭނާއަކީ ތަފާތު މީހެއް ކަމަށާއި މަންމަ ނުރުހުން ވާފަދަ ކަމެއް ނުކޮށް ވޭތޯ މަސައްކަތް ކުރާ ކަމަށް އޭނާ ބުންޏެވެ.

އެކްޓަރު އާލިއާއާ ކައިވެނިކޮށް އަލަތު ދަރިފުޅަށް މަރުހަބާ ކޔާފައިވާ ރަންބީރު އިތުރަށް ބުނީ އޭނާ ކުޑައރު އުޅުނުހެން އޭނާގެ ދަރިފުޅު ރަހާ އުޅުނަ ނުދޭނެ ކަމަށެވެ.