މިދިޔަ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހު ސިލޯނު ބޭންކަށް ޖަމާކުރުމަށް ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރެން އުޅުނު މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ޕީޖީ އޮފީހުން ބުނީ ގެ 213 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ފޭރުމުގެ ދައުވާ އުފުލާފައި ވަނީ ލ. ގަން. ތުނޑި، ކީމިޔާގެ، ޢަބްދުﷲ ރާޝިދުއާއި، ގއ. ވިލިނގިލި، ކަނީރުމާގެ، މުޙައްމަދު މުސްޢަބު ޒުބައިރުއާއި، ކ. މާލެ، ދަފްތަރު. ނަންބަރު ރސ 3678، ޙުސައިން ޢަބްދުލްމަޖީދުއާއި، ކ. މާލެ، ވ. ޕިންކްވިލާ، އަޙްމަދު އަމީރުގެ މައްޗަށް ކަމަށެވެ.

އަދި ރ. ރަސްމާދޫ، އޯކިޑްމާގެ، މުޙައްމަދު ޢަޒްމީންގެ މައްޗަށް އުފުލާފައި ވަނީ ފޭރުމުގައި ބައިވެރިވުމުގެ ދައުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލީ ގާނޫނުލް އުގޫބާތުގެ 213 ވަނަ މާއްދާގެ (ހ) އާއި، 30 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ، އެޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، 30 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން ނެވެ.

އެ ފައިސާތައް ފޭރުން ނާކާމިޔާބުކޮށްލުމުގައި އެންމެ އިސް ދައުރެއް އަދާކުރީ އެތަނުގެ ސެކިއުރިޓީއަކަށް ހުރި މުހައްމަދު ހަސަންގެ ހުށިޔާރުކަމެވެ. ރޫޓުގެ ފަރާތުން ވަނީ އޭނާގެ އަގުވަޒަންކޮށް ފައިސާގެ އިނާމެއް ވެސް ދީފައެވެ.