ނިދާފައި އޮންނަ ވަގުތު މީހުންނާ ވާހަކަ ދެއްކުމަކީ ނުވަތަ އެކިއކަހަލަ އަޑުތައް ލެއްވުމަކީ ވަރަށް އާންމު ކަމެކެވެ. ބައެއް ފަހަރު އެއީ މުޅިން ސާފުކޮށް އިވޭ ފުރިހަމަ ޖުމުލަތަކަކަށްވެސް ވެދާނެ އެވެ.
ސިއްހީ ބަހުން "ސޮމްނިލޮކްވީ" ކިޔާ މި ހާލަތު މެދުވެރިވާ ސަބަބާއި، ކަންބޮޑުވާން ޖެހޭނީ ކޮންއިރަކު ކަމަށް މަޝްހޫރު ފިޒީޝަން ޑރ. ކުނާލް ސޫދު ވަނީ ހާމަކޮށްފަ އެވެ.
އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި، އެމެރިކާގައި މަސައްކަތްކުރާ އެނެސްތީސިއޮލޮޖީ މެޑިސިންގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ކުނާލް ވިދާޅުވީ، ނިދީގައި ވާހަކަ ދެއްކުމަކީ 'ޕަރަސޮމްނިއާ'ގެ ބާވަތެއް ކަމަށެވެ. މިއީ ނިދާފައި އޮންނަ ވަގުތު އަމިއްލަ އިހުތިޔާރަކާ ނުލާ ހިނގާ އާދަޔާހިލާފު އަމަލެކެވެ.
މިކަން މެދުވެރިވަނީ ކީއްވެ؟
ޑރ. ކުނާލް ވިދާޅުވި ގޮތުގައި ނިދާފައި އޮންނަ ވަގުތު ސިކުނޑި މުޅިން މަސައްކަތް ހުއްޓާލަނީއެއް ނޫނެވެ. ވާހަކަ ދެއްކުމާ ގުޅުންހުރި ސިކުނޑީގެ ބައިތައް ކުޑަ ވަގުތުކޮޅަކަށް ހަރަކާތްތެރި ވެދާނެ އެވެ. އެހެންކަ މުން މީހާ މުޅިން ހޭނުލައި އޮވެ، ސާފުކޮށް ވާހަކަދެއްކޭ ގޮތްވެ އެވެ.
މިފަދައިން ނިދާފައި ވާހަކަދެއްކުން އިތުރުވާ ބައެއް ސަބަބުތަކުގެ ތެރޭގައި:
- ނަފްސާނީ ހާސްކަން
- ނިދި މަދުވުން
- ބަލިވުން ނުވަތަ ހުން އައުން
- ނިދީގެ މާހައުލު ހަމަނުޖެހުން
މިފަދަ ގޮތަކަށް ވާހަކަ ދެއްކުމަށްފަހު، ހޭލުމުން އެކަން ހަނދާން ހުންނަނީ މަދު މީހަކަށެވެ. އަދި އާންމު ގޮތެއްގައި މިއީ އެއްވެސް ގެއްލުމެއް ނެތް، އަދި ފަރުވާއެއް ބޭނުންނުވާ ކަމެކެވެ.
ޑޮކްޓަރެއްގެ އެހީ ހޯދަންޖެހެނީ ކޮންއިރަކު؟
ނިދީގައި ވާހަކަ ދެއްކުމަކީ އާންމުކޮށް ނުރައްކާތެރިކަމެއް ނޫނަސް، ބައެއް ހާލަތްތަކުގައި ޑޮކްޓަރަކާ މަޝްވަރާ ކުރުން މުހިންމު ކަމަށް ޑރ. ކުނާލް ފާހަގަކުރައްވަ އެވެ. އޭގެ ތެރޭގައި:
- އެކުގައި އުޅޭ މީހުންނަށް އެކަމުގެ ސަބަބުން އުނދަގޫވުން.
- ނިދީގައި ވާހަކަ ދެއްކުމުގެ އިތުރުން، ހަޅޭއްލެވުން، ހިނގުން ނުވަތަ އިތުރު ހަރަކާތްތައް ނިދީގައި ކުރެވުން.
ސައުދީ ޓޭންކަރަކަށް ދިން ހަމަލާއެއްގައި ދެ މީހުން މަރުވެއްޖެ
އުމުރުން ދުވަސްވާ ވަރަކަށް ވަގުތު އަވަހަށް ފާއިތުވާހެން ހީވޭތަ؟
ހޮރްމުޒް ކަނޑުއޮޅީގެ ނަން "ޓްރަމްޕް ކަނޑުއޮޅި" އަށް ބަދަލުކުރަނީ