ޓްވިޓާއެކޭ އެއްފަދައިން މެޓަގެ ފޭސްބުކްއާއި އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކަށް ވެސް "ނޫ ފާހަގަ" ލިބޭ ގޮތް އެ ކުންފުނިން ހަދައިފި އެވެ.

ނޫ ފާހަގައަކީ އެ ކުންފުނީގެ ވެރިއަކީ ކާކުކަން ޔަގީން ކޮށްދިނުމުގެ ގޮތުން އަގަކާއެކު އެކައުންޓް ވެރިފައި ކުރުމަށްފަހު ދޭ ފާހަގަ އެކެވެ.

މީގެ ކުރިން ފޭސްބުކާއި އިންސްޓަގްރާމްގައި މި ހިދުމަތް ނެތް ނަމަވެސް މިއީ އިލަން މަސްކްގެ މެޓަ ކުންފުނީގެ ދަށަށް އެ ދެ ކުންފުނި އައުމާއެކު ގެނައި ބަދަލުތަކުގެ ތެެރެއިން ބަދަލެކެވެ.

އެގޮތުން އެންޑްރޮއިޑާއި އައިފޯން ބޭނުންކުރާ ފަރާތްތަކަށް މަހަކު 15 ޑޮލަރަށް އެކައުންޓް ވެރިފައި ކޮށްދޭއިރު ވެބްސައިޓް މެދުވެރިކޮށް ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ހިދުމަތް ދޫކުރާ އަގަކީ މަހަކު 12 ޑޮލަރެވެ.

މިވަގުތަށް އެކައުންޓް ވެރިފިކޭޝަން ތައާރަފް ކޮށްފައިވަނީ އެމެރިކާއަށް އެކަނި ނަމަވެސް ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހިދުމަތް ތައާރަފް ކުރެވޭނެ ކަމަށް މެޓައިން ބުނެ އެެވެ.

އެކައުންޓް ވެރިފައި ކުރުމަށްޓަކައި އެ އެކައުންޓްގެ ވެރިފަރާތް 18 އަހަރު ފުރިފައި ވާން ޖެހޭއިރު ހިދުމަތަށް އެދޭއިރު ކާކުކަން އަންގައިދޭ ލިޔުމެއް ހުށައަޅަން ޖެހެ އެވެ.

މެޓައިން މި އިއުލާން ކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެ ކުންފުނީގެ 10،000 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެ ކަން ވެސް އިއުލާން ކޮށްފައި ވަނިކޮށެވެ.