ދުނިޔޭގެ އެންމެ ބޮޑު ހުޅުވާ ލެއްޕޭ ކުޑަ، މައްކާގައި ހުންނަ އަލް މަސްޖިދުލް ހަރަމްގެ ތެރޭގައި ބަހައްޓަން ނިންމާ މަސައްކަތް ފަށައިފި އެވެ.

ކިންގް އަބްދުﷲ އަވަހާރަވުމުގެ ކުރިން 2014 ވަނަ އަހަރު ވަނީ ހަރަމްފުޅުގެ ވަށައިގެންވާ ސަރަހައްދުގައި ކުޑަ ބެހެއްޓުމަށް ނިންމާ އެކަން އިއުލާނު ވެސް ކޮށްފަ އެވެ.

މިއިން ކޮންމެ ކުޑައެއްގެ އުސްމިނުގައި 45 މީޓަރު ހުންނަ އިރު ބަރުދަނުގައި 16 ޓަނު ހުންނާނެ އެވެ. މި ކުޑަ ހުޅުވާލުމުން 2،400 އަކަފޫޓުގެ ސަރަހައްދަކަށް ހިޔާ ލިބޭނެ އެވެ.

މިހާރު މަސްޖިދުލް ނަބަވީގައި ބަހައްޓާފައި ހުންނަ ކުޑަތަކުގެ ސައިޒަށް ވުރެ އެތައް ގުނައަކަށް މި ކުޑަތައް ބޮޑުވާނެ އެވެ.

ހަރަމްފުޅުގެ ތެރޭގައި މީގެ އަށް ކުޑަ ޖެހުމަށް ނިންމާފައިވާ އިރު މި މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅުގަ އެވެ.