މާލޭގައި ދެމުން އަންނަ މިނީ ބަހުގެ ޚިދުމަތް އިރުއޮއްސި 6 އިން ފެށިގެން ރޭގަނޑު 9އާ ދެމެދު މެދުކަނޑާލާ ގޮތަށް ބަސް ދަތުރުތަކަށް ބަދަލު ގެނެސްފި އެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ ބަސް ޝެޑިއުލްގައިވާ ގޮތުން ރަމަޟާން މަހު ބަހުގެ ހިދުމަތް ފެށެނީ ހެނދުނު 6:00 އިން ފެށިގެން ނެެވެ.

އިރުއޮއްސި 6 އާ ހަމައަށް ހިދުމަތް ދިނުމަށްފަހު އަލުން ފަށާ ގޮތަށް އޮތީ 9 ޖަހާއިރު އެވެ. މެންދަމު އަދި މެންދަމު 12:15 ގައި އަނެއްކާ ވެސް ހިދުމަތް މެދުކަނޑާލާނެ އެވެ.

ރަމަޟާން މަހަށް އެމްޓީސީސީން ވަނީ މާލޭ ތެރޭ ދުއްވާ މިނީ ބަހުގެ ބައެއް ރޫޓުތަކަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ބައެއް ގަޑިތަކުގައި މަޖީދީ މަގުން ބަސްތައް ނުދުއްވާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކުރެއްވި ޓްވީޓެއްގައި ވަނީ އެ ވަގުތުތަކުގައި މަޖީދީ މަގުން ބަސް ދަތުރުތައް ކުރުމުގެ ހުއްދަ ނުދޭ ކަމަށެވެ. އެއީ މަޖީދީ މަގުގައި ތިން މިސްކިތެއް ހުންނައިރު އެ މިސްކިތްތަކުގައި ނަމާދުކުރާ ވަގުތު މަގު ތޮއްޖެހޭނެތީ ކަމަށް އާޒިމް ވިދާޅުވި އެވެ.