އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ހުސައިން އަމްރު ރަޝާދު އެ މަގާމުން ވަކިކުރަން ސަރުކާރުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)އަށް މިއަދު ފޮނުވައިފި އެވެ.
ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަމްރު ވަކިކުރަން ފޮނުވިއިރު، އޭނާ ގެންދަވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާ ގުޅިގެން ސިޔާސީ ހަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން ދާދިފަހުން ޖުމްހޫރީ ޕާޓީއާއެކު ބޭއްވި ބައްދަލުވުމުގައި އަމްރު ބައިވެރިވި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "ހުރިހާ"އަށް ވިދާޅުވީ އަމްރު ވަކިކުރަން ޕީސީބީއަށް މިއަދު އަންގާފައިވާނެ ކަމަށެވެ. އަދި އެ ބަދަލު ގެންނަން ސަރުކާރުން ނިންމީ ކުންފުނިތަކުގެ ހިންގުމުގެ އޮނިގަނޑަށް ގެންނަ ބަދަލާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އަލަށް އައްޔަންކުރައްވާ ބޭފުޅެއްގެ ނަން ޕީސީބީން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.
"ދްރިޝްޔަމް 3"އަށް 3 ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެ
އީރާނާއެކު އެއްބަސްވުމުގައި ސޮއިކުރަން ގާތްވެއްޖެ: ޓްރަމްޕް
މައިލީއަށް "ހޮޮލީވުޑް ވޯކް އޮފް ފޭމް"ގެ ތަރިއެއް ލިބިއްޖެ