ކުރިއަށް މިދާ ރޯދަ މަހު ފެމެލީ ކޯޓުން ފޯމު ބަލައިގަތުމާއި ތަކެތި ދޫކުރާނެ ގަޑިތައް އިއުލާނުކޮށްފި އެވެ.

ރޯދަ މަހާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު އެކޯޓުން ފޯމު ބަލައިގަންނަ ގަޑިތަކާއި ތަކެތި ދޫކުރާނީ ވަކި ގަޑިތަކެއްގައި ކަމަށް ފެމިލީ ކޯޓުން ވަނީ ބުނެފަ އެވެ.

އެގޮތުން މިދުވަސްތަކުގައި ކޯޓުން ފޯމު ބަލައިގަތުން ކުރިއަށްދާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:30 އަށް ކަމަށް ފެމިލީ ކޯޓުން ބުނެ އެވެ.

އެ ކޯޓުން ބުނިގޮތުގައި ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަތުން ހެނދުނު 9:00 އިން 1:00 ޖެހުމާއި ހަމައަށް ކުރިއަށްދާނެ އެވެ. އޭގެ އިތުރުން ކޯޓުން ތަކެތި ދޫކުރުމާއި ފައިސާ ބަލައިގަތުން ހެނދުނު 9:00 އިން މެންދުރު 12:30 އަށް ކުރިއަށްދާނެ ކަމަށް ވެސް ކޯޓުން ބުނެފައިވެ އެވެ.

ފެމިލީ ކޯޓުން އިތުރަށް ބުނީ، ރޯދަ މަހު ރަސްމީ ގަޑީގައި ކައިވެނިކޮށްދޭނީ ހެނދުނު 09:30 އިން 12:30 އަށް ކަމަށެވެ. އަދި ނުރަސްމީ ގަޑިތަކުގައި ކައިވެނިކޮށްދޭނީ ރޭގަނޑު 9:30 އިން 11:00 އާއި ހަމައަށް ކަމަށެވެ.