ކާމިޔާބު އެތަކެއް ފިލްމުތަކެއް ކުޅެފައިވާ ބަތަލާ އަދި ޑައިރެކްޓަރު އައިޝަތު ރިޝްމީގެ އާ ވެބް ސީރީޒެއް ބައިސްކޯފުން ގެނެސްދިނުމަށް ތައްޔާރުވެއްޖެ އެވެ.

"ޔާރާ"ގެ ނަމުގައި ގެނެސްދޭ މިވެބް ސީރީޒް ބައިސްކޯފުން ދައްކަން ފަށާނީ އަންނަ މަހު އެވެ. މި ސީރިޒްގެ ފަސްޓު ލުކް މިހާރު ވަނީ ދައްކާލާފަ އެވެ.

"ޔާރާ" ސީރީޒުން ފެނިގެންދާނެ ތަރިންނަކީ ރިޝްމީ އާއި އެނާގެ ކޮއްކޮ މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ އާއި ރިޝްމީގެ މަންމަ އައިޝަތު ރަޝީދާ އެވެ. މީގެ އިތުރުން އައްޒަގެ މިހާރުގެ ފިރިމީހާ އެކްޓަރު އަބްދުﷲ މުއާޒު އާއި އައްޒަގެ ކުރީގެ ފިރިމީހާ އިސްމާއިލް ޖުމައިހްގެ އިތުރުން ރިޝްމީގެ ކުރީގެ ފިރިމީހާ އަހުމަދު އަޒުމީލު އެވެ. އަދި މި ސީރީޒްއިން އާމިނަތު ރިޝްފާ، ލަމްހާ ލަތީފް، އަހުމަދު އާސިމް، ފާތިމަތު ޝަރާ، ޝާރިފު އަހްމަދު، ނުޒުހަތު ޝުއައިބު އަދި ނަތާޝާ ޖަލީލް ވެސް ފެނިގެންދާނެ އެވެ.

ހެއްވާ މަޖާ ކަނތަށްތަކެއް ދައްކުވައިދޭ މި ވެބް ސީރީޒް އަކި ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއްޗެކެވެ. މީގެ ޓިޒާ ދައްކާއިލި ނަމަވެސް މި ވެބް ސީރީޒް ޕްރިމިކާ ކުރާނެ ދުވަހެއް އަދި ނޭގެ އެވެ.

ބަތަލާ ރިޝްމީ އެންމެ ފަހުން ފެނިގެންދިޔައީ ބައިސްކޯފުން ދެއްކި ސީރީޒް "އެހެނަސް" އިންނެވެ. އޭނާ އެންމެފަހު ޑައިރެކްޓްކުރި ފީޗާ ފިލްމަކީ 2017 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ބޮސް" އެވެ.

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަން (ސާކް) ފިލްމު ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާގެ އެވޯޑު ފިލްމު "ވިޝްކާ" އިން ރިޝްމީ އަށް ވަނީ ލިބިފަ އެވެ.