އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކޭބަލެއް ބުރިވެ، ގަލޮޅުގެ ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން މިރޭ ކުރި ޓުވީޓެއްގައި ބުނީ އަމީނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވުމުން ބުރުޒުމަގުގެ އިރާއީ ބުކްޝޮޕް ހުންނަ ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
ވަގުތީ ކޭބަލެއް އަޅައިގެން އެ ސަރަހައްދަށް ކަރަންޓް ދިނުމުގެ މަސައްކަތް ސްޓެލްކޯއިން އަންނަނީ ކުރަމުންނެވެ. އެކަމަށް ދެގަޑިއިރު ހޭދަވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އާރްޑީސީން ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. މިހާތަނަށް މަސައްކަތް ނިންމައި ތާރުއަޅާފައި ވަނީ ދަރުބާރުގެ ކައިރިން ފެށިގެން ސްޓެލްކޯއާ ހަމައަށެވެ.
ސްޕައިޑަ މޭންގެ މާސްކް ބާލަން ޓޮމް ތައްޔާރު ވަނީ؟
ދަތަށް އިލޮށިކޮޅު ހެރުން ރަނގަޅެއް ނޫން!
"މޮބްލޭންޑް"އިން ޓޮމް ހާޑީ ބޭރު ކޮށްލީ ކީއްވެ؟
