ރަންބީރު ކަޕޫރުގެ މަންމަ އަދި ބަތަލާ ނީތޫ ސިންގް ސޯޝަލް މީޑީއާގައި ރަންބީރުގެ ކުރީގެ ލޯބިވެރިނަން ބަހުގެ ހަމަލާއެއް ފޮނުވާލައިފި އެވެ. މިއާއެކު ގިނަ ބަޔަކަށް ވަނީ ހައިރާކަމެއް ލިބިގެން ގޮސްފަ އެވެ.

ޕޯސްޓްކުރި މެސެޖަކާ ގުޅިގެން ފާޑުކިޔުންތަކެއް ވެސް ނީތޫއަށް އަމާޒުވެގެން ދިޔަ އެވެ.

ނީތޫގެ އިންސްޓަގްރާމް ޕޯސްޓެއްގައި މަގެއްގައި ބަހައްޓާފައި ބޯޑެއްގެ ލިޔުންކޮޅު ހިއްސާކޮށްފައިވެ އެވެ. އޭގައި ވަނީ "ހަތް އަހަރު ވަންދެން ރައްޓެހިވެގެން އުޅުމުގެ މާނަ އަކީ ކައިވެނި ކުރާނެއެކޭ ނޫން" ކަމަށެވެ. އަދި މިސާލެއް ވެސް ލިއުމުގެ ތިރީގައިވެ އެވެ.

"ހަ އަހަރު ވަންދެން މެޑިސިން ކިޔަވަން އުޅުން ބޭބެ އަކީ މިހާރު ޑީޖޭ"އެއް ކަމަށެވެ. މިއީ އާންމު އުސޫލުން ކަންކަން ނުހިނގާކަން ސާބިތު ކޮށްދޭ މިސާލެކެވެ.

ނީތޫ މި ޕޯސްޓް ކުރުމާ ގުޅިގެން ދީޕިކާ އާއި ކެޓްރީނާގެ ސަޕޯޓަރުން ވަނި ކެކިގަނެފަ އެވެ. އަދި ވަރަށް ބޮޑަށް އޭނާ އަށް ފަޑުކިޔައި ޕޯސްޓްތަކެއް ވެސް ކޮށްފައިވެ އެވެ. އެމީހުން ބުނީ ބޭނުންވާ ދަނބިދަރި ލިބުމުން ވެސް މައިތިވާން ނޭނގޭ ކަމަށެވެ. އަދި ރަންބީރަށް ވުރެ މާ ރަނގަޅު ބައިވެރިން އެތަރިންނަށް ލިބިފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ނީތޫ އަށް ވަރަށް ބޮޑަށް ފާޑު ކިޔައި އެވެ.

އެހެން ނަމަވެސް އޭނާއަށް ފާޑުކިޔަމުންދާ މީހުންނަށް ނީތޫ ރައްދެއް ނުދެ އެވެ. އަދި މިއީ ކީއްވެގެން ލިޔުނު ލިޔުމެއް ކަންވެސް އޭނާ އޮޅުންފިލުވައި ދީފައެއް ނުވެ އެވެ.

ކެޓްރީނާ އާއި އެކްޓަރު ވިކީ ކޯޝަލް ވަނި 2021 ވަނަ އަހަރުގައި ކައިވެނި ކޮށްފައި އެވެ. އަދި ދީޕިކާ ވަނީ ރަންވީރު ސިންގް އާއި 2018 ވަނަ އަހަރު އެކްޓަރު ރަންވީރު ސިންގް އާއި ކައިވެނި ކޮށްފަ އެވެ.

އަދި ރަންބީރު ވަނީ މިދިޔަ އަހަރު އާލިއާ ބަޓް އާ ކައިވެނިކޮށްފަ އެވެ. މިހާރު އެދެމީހުންނަށް ކުއްޖަކުވެސް ވަނީ ލިބިފަ އެވެ.