ކުޅުދުއްފުށީގައި ފުށްފެކްޓްރީ އަޅަން ނިންމުމަކީ ރައީސް އޮފީހުގެ ނިންމުމެއް ކަމަށާއި އެއީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުގެ ނިންމުމެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމާ ގުޅިވަޑައިގަތުމުން މަގާމުން ވަކިކުރެއްވުމާ ގުޅިގެން އަމްރުވަނީ އިއްޔެ އަމްރު ވަނީ ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ ފުށް ފެކްޓްރީއާއި ބެހޭގޮތުން ޓުވީޓު ކުރައްވާފަ އެވެ. އަދި ރޭ ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ވަރަށް ދިގު ބަޔާނެއް ނެރުއްވާފަ އެވެ.
އެވާހަކަތަކަށް ރައްދު ދެއްވާ މިއުވާން ވިދާޅުވީ އަމްރު ދެއްކި ވާހަތަކުގައި އެއްވެސް އޮއްޓަރެއް ނެތް ކަމަށެވެ.
"ފުށް ފެކްޓްރީ އެޅުމަކީ ސީދާ ރައީސް އޮފީހުގެ ނިންމުމެއް. އެސްޓީއޯގެ ނިންމުމެއް ނޫން. އެ ފެކްޓްރީ ކުޅުދުއްފުށީގައި ވެސް އަޅަން ނިންމީ ރައީސް އޮފީހުން،" މިއުވާން ވިދާޅުވި އެވެ. އަދި އެ މަސައްކަތް މިހާރުވެސް ހިނގަމުންދާކަން މިއުވާން ފާހަގަކުރެއްވި އެވެ.
ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ބޭރުގެ މާލީ އިދާރާތަކުން ބަޖެޓް ސަޕޯޓަށް ފައިސާ ހޯދުމަށް މަސައްކަތް ކުރި ކަމަށް އަމްރުގެ ބަޔާނުގައި އޮތް ވާހަކަ ވެސް މިއުވާން ދޮގުކުރެއްވި އެވެ. އެގޮތުން، މިއުވާން ވިދާޅުވީ އެސްޓީއޯ އަކީ އެއްވެސް އިރެއްގައި ބޭރުގެ އެހީ ހޯދުމަށް މަސައްކަތް ކުރި ކުންފުންޏެއް ނޫން ކަމަށެވެ.
އިގްތިސާދީ ހާލަތު ދަށްވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ނޫން ކަމަށެވެ. އެ ހާލަތަށް ވެއްޓުނީ، އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑްގެ ބަލިމަޑުކަމާއި ރަޝިޔާ-ޔޫކްރައިން ހަނގުރާމައިގެ ސަބަބުންނެވެ. އަދި މި ހާލަތުގެ ސަބަބުން ސަރުކާރުން އެޅި ފިޔަވަޅުތައް އައިއެމްއެފްއެމް ފަދަ ބޭރުގެ ޖަމިއްޔާތަކުން އެކަން ބަލައިގަނެ، ދަނީ މަރުހަބާ ކިޔާފައިވާ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.