ރަންބީރުގެ ކުރީގެ ލޯބިވެރިންނަށް އަމާޒުވާފަދަ ގޮތަކަށް އޭނާގެ މަންމަ މީގެ ދެދުވަހެއް ކުރިން ކުރި ޕޯސްޓަށްފަހު ކެޓްރީނާގެ މަންމަގެ ޕޯސްޓެއްވެސް ވައިގައި ހިފައިފި އެވެ.
މީޑިއާތަކުންނާއި އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި ކެޓްރީނާގެ މަންމަ ސުޒޭން ޓާކުއިޒްގެ ޕޯސްޓަކީ އޭގެ ކުރިން ނީތޫ ކުރި ޕޯސްޓަށް ދިން ނުސީދާ ރައްދެކެވެ.
ނީތޫގެ ޕޯސްޓުގައި ފިރިހެން ކުއްޖަކު އަންހެން ކުއްޖަކާއެކު ހަތް އަހަރު އެއްކޮށް އުޅުމަކީ އޭނާ އެ އަންހެނަކާ ކައިވެނި ކުރާނެ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ.
މިހެން ބުނި ބުނުމަށް ކެޓްރީނާގެ މަންމަ ރައްދު ދީފައިވަނީ ހުރިހާ އެންމެންނަށް ވެސް އެއްވަރަކަށް އިހުތިރާމް ކުރުމާ ބެހޭ ގޮތުންނެވެ.
ސިޒޭންގެ ޕޯސްޓު ވައިރަލްވުމާއެކު އޭނާ ބުނެފައިވަނީ އެއީ ވަކި މީހަކަށް އަމާޒުކޮށް ކުރި ޕޯސްޓެއް ނޫން ކަމަށާއި އެ ޕޯސްޓުގައި ބުނާ ބުނުން އޭނާއަށް ކަމުދިޔުމުން ޕޯސްޓް ކުރީ ކަމަށެވެ.
ރަންބީރާއި ކެޓްރީނާ އެހެން މީހުންނާ ކައިވެނި ކުރުމުގެ ކުރިން އެކުގައި ގާތްގަނޑަކަށް ފަސް އަހަރެއްހާ ދުވަހު އުޅެފައިވެ އެވެ.