ވިކީ ކޯޝަލް އާއި ކެޓްރީނާ ކައިފްގެ "ރިލޭޝަންޝިޕް ސްޓޭޓަސް" އާއި މެދު ހަނުގައި ތިއްބަސް މި ދެތަރިންނޭ ކިޔާފައި ދެކެވޭ ވާހަކަތަކަށް ކުޑަވެސް ހުއްޓުމެއް ނާދެ އެވެ.

ކެޓްރީނާ އާއި ވިކީ އެކުގައިކާންދާ ތަނާއި ޕާޓީކުރާ ތަނަށާއި އެކަކު އަނެކަކުގެ ގެއަށް ޒިޔާރަތްކުރަނިކޮށް ކިތަންމެ ފަހަރަކު ފެނިފައި އެބަހުއްޓެވެ.

ދާދި ފަހުން ހޯލީ ފާހަގަކުރުމަށް އަމްބާނީ ގޭގައި ބޭއްވި ހަރަކާތްތަކުގައި ވެސް މި ދެތަރިން އެކުގައި ފެނިގެން ގޮސްފައިވެ އެވެ.

އެންމެފަހުގެ ރިޕޯޓުތައް ބުނާގޮތުން މި ދެތަރިން އައު އަހަރު ފާހަގަކޮށްފައިވަނީ ވެސް އެކުގަ އެވެ. މީގެ އިތުރުން މި ފާހަގަކުރުންތަކުގައި ކެޓްރީނާގެ ކޮއްކޮ އިސަބެލް ކައިފް އާއި ވިކީގެ ކޮއްކޮ ސަނީ ކޯޝަލް ވެސް ވަނީ ބައިވެރިވެފަ އެވެ.

ދެ ތަރިން ވެސް ވަނީ އެމީހުންގެ ކޮއްކޮމެންނާއެކު ނަގާފައިވާ ފޮޓޯއަކާއެކު ސޯޝަލް މީޑިއާގައި އާ އަހަރުގެ ތަހުނިޔާ ކިޔާފަ އެވެ.

ކ) ސަނީ ކޯޝަލް، (ވ) ވިކީ ކޯޝަލް
(ކ) ކެޓްރީނާ ކައިފް، (ވ) އިސަބެލް ކައިފް