ހުޅުމާލޭގައި ބަޔަކު ބިދޭސީއަކަށް ހަމަލާދިނުމަށްފަހު އޭނާގެ ވޮލެޓާއި ފޯނު ފޭރިގެންފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަނިޔާވި ބިދޭސީ މީހާ އަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ބިދޭސީ މީހާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާކަން ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯ އާއި ވީޑިއޯ އިން އެނގެ އެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ފޭރުގެ މައްސަލަ އަކީ މާލޭ ސިޓީގައި ވަރަށް ބޮޑުވެފައިވާ ކަމެކެވެ. އާންމުގޮތެއްގައި އެންމެ ގިނައިން ފޭރެނީ މޮބައިލް ފޯނުކަން ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުން އެނގެ އެވެ.

މަގު ހަދަން ހެންވޭރު ޓާމިނަލުން ރަސްމީ ފާލަމަށް ފަޅު ބަންދުކުރަނީ
އަހަރުގެ ފުރަތަމަ 2 މަސްތެރޭ އާސަންދައާއި ސަބްސިޑީއަށް 2 ބިލިއަން
މޮސާޑް އިސްވެރިޔާގެ ސިއްރު ލިޔެކިޔުންތައް ހެކްކޮށް ލީކުކޮށްލައިފި

ސޯޝަލް މީޑިއާއިން އެނގުނުގޮތުގައި ބިދޭސީ މީހާއަށް ހަމައެކަނި ހަމަލާ ދިނުމަށްފަހު މޮބައިލް ފޯނާއި، ވޮލެޓް ފޭރިގަތީކަމަކަށް ނުބެލެވެއެވެ. އަނިޔާކޮށް އެއްފައި ބިންދާލުމަށްފަހު ގެންގުޅޭ ވޮލެޓާއި، މޮބައިލް ފޯނު ވަނީ ފޭރިގަނެފައި. އަދި މިއަނިޔާވެރި އަމަލު ހިންގި 04 މީހުންވަނީ ފިލައިގެން ގޮސްފައި. ގަޢުމެއް މިހާރަކު ނެތް. މިއަމާން، އޮމާން ދިވެހިރާއްޖެ މިހާރު މިވަނީ ފޫގޮއްސާ. ކިހިނެއް ހަދާނި؟؟؟ މަތިފަޑި ފެއިލް ނުވޭބާ؟