މޫސުން ގޯސްވެ، މެދު ރާއްޖެތެރޭގެ ހަ އަތޮޅަކަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައި ވަނީ ވ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ. އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގަ އެވެ.
މެޓް އޮފީހުން ބުނީ މިއަދުގެ މެންދުރު 2:00 އިން ފެށިގެން ރޭގަނޑު 7:00 އާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެފައިވެ އެވެ.
މިދުވަސްރަކީ މޫސުން ގޯސް ދުވަސްވަރަކަށްވުމާ ގުޅިގެން ކަނޑު ދަތުރުތައް ކުރާއިރު، މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުންނާއި ކޯސްޓްގާޑުން ވެސް އިލްތިމާސްކޮށްފައިވެ އެވެ.
އެގޮތުން ދަތުރަކަށް ފުރުމުގެ ކުރިން ދަތުރާ ބެހޭ މައުލޫމާތު އެންގުމާއި، އުޅަނދުގައި ލައިފްޖެކެޓާއި، އެހެނިހެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އިސްކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޝާހްރުކް ޚާންއާ ބެހޭގޮތުން ވިވެކް ދެއްކި ވާހަކަތަކުގެ އަސްލު!
ސުޝާންތުގެ ޖަނާޒާގައި އަންކިތާ ބައިވެރިނުވީ ކީއްވެ؟
ޕީއެންސީގެ ޓިކެޓް ހޯދަން ޕްރައިމަރީގައި 308 މީހުން ވާދަކުރާނެ
