ރާއްޖޭގައި މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، (މެޓް އޮފީސް) އިން އުތުރުގެ ބައެއް އަތޮޅުތަކުން ފެށިގެން ދެކުނުގެ ބައެއް އަތޮޅުތަކަށް ވަނީ ހުދު ސަމާލު ނެރެފަ އެވެ. އެގޮތުން މެޓުން ހުދު ސަމާލު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށެވެ. އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

މެޓް އޮފީހުން ބުނީ މިއަދުގެ މެންދުރު 1:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވެސް ޔެލޯ އެލާޓު ނެރެފަ އެވެ.

މި ދުވަސްރަކީ މޫސުން ގޯސް ދުވަސްވަރަކަށްވުމާ ގުޅިގެން ކަނޑު ދަތުރުތައް ކުރާއިރު، މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުންނާއި ކޯސްޓްގާޑުން ވެސް އިލްތިމާސްކޮށްފައިވެ އެވެ.