ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީފި އެވެ.
ފުލުހުން މައުލޫމަތު ދޭ ގޮތުގައި މެންބަރު ޒަރީރަށް ހަމަލާދިންކަމުގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 5:08 ހާއިރު އެވެ. އޭނާއަށް ހަމަލާދިނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯތެރޭގައި އިންނަވަނިކޮށް ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ހަމަލާދިނުމުގެ ސަބަބުން ޒަރީރަށް މިހާރު އޭޑީކޭގައި ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާ އަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއްކަމެއް އަދި ނޭނގެ އެވެ.
އަދި އޭނާއަށް ހަމަލާދިނީ ކީއްވެކަމެއް ކާކުކަމެއްވެސް ސާފެއް ނޫނެވެ.
ފުލުހުން ބުނީ މިމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.
ޖާޔާގެ ގުދަނެއްގައި ރޯވެ އަނދަނީ
ގަތަރުގެ އެންމެ ފުރަތަމަ "ސްމާޓް" މިސްކިތް ހުޅުވައިފި
ޔުނިސެފުން ރާއްޖެއަށް 28،000 އެމްއާރް ވެކްސިން ހަދިޔާކޮށްފި