އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު ޗާލްސް ތިންވަނައަށް ރަސްމީކޮށް ރަސްކަން ހަވާލު ކުރުމަށް ބާއްވާ ކޮރޮނޭޝަން ރަސްމިއްޔާތުގައި ބައިވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުމާން މުހައްމަދު ވިދާޅުވީ ރައީސް ސޯލިހް އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ. ރައީސް ސޯލިހް އިނގިރޭސިވިލާތަށް ކުރައްވާ މިދަތުރުފުޅުގައި ކޮމަންވެލްތު ގައުމުގެ ތަކުގެ ލީޑަރުން ބައިވެރިވާ ބައްދަލުވުމެއްގައިވެސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.
ޗާލްސްގެ ކޮރޮނޭޝަން ހަފްލާތައް އޮންނާނީ އަންނަ މެއި މަހުގެ 8-6 އަކަށް ބަކިންހަމް ޕެލަސްގަ އެވެ.
ޗާލްސް ވެރިކަމާ ހަވާލުވުމުގެ ރަސްމިއްޔާތުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުންނާއި ހޮލީވުޑްގެ ތަރިންނާއި ދުނިޔޭގެ އެކި ގައުމުތަކުގެ މަޝްހޫރު ފަންނާނުން ބައިވެރިވެ އެވެ.
ޗާލްސްއަށް ރަސްކަން ލިބިވަޑައިގަތީ އެމަނިކުފާނުގެ މަންމަ އެލިޒަބަތު ދެވަނަ މިދިޔަ އަހަރުގެ ސެޕްޓެމްބަރު އަށްވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.
ރާނީ އެލިޒަބަތުގެ ޖާނާޒާގައި ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންނެވި އެވެ.
ވަޒީފާގެ ހާސްކަން ފިލުވާލާނެ ފަސޭހަ ދެތިން ގޮތެއް!
ނިދާއިރު ކައިރީގައި ފޯނު ބޭއްވުން ހުއްޓާލަން ޖެހޭ!
13.6 މިލިއަން ރުފިޔާގެ ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ދައުވާ
އަންނި ކައިރީ ޗާލްސް ނުބުނޭތަ އަޑުއިވެނީ އަންނައަކީ އިގިރަރޭސިންނާ ވަރައް ކައިރި މީހެއްކަމައް