އެސްޓީއޯއިން ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ހާއްސަ ހަރަކާތްތަކެއް ބާއްވަން ނިންމައިފި އެވެ.

އެސްޓީއޯ އިން ބުނީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން މިއަދު ބާއްވާ އިވެންޓްގައި މަޝްހޫރު ކެރެކްޓާ ރޮބޮމޭން ވެސް ބައިވެރިވާނެ ކަމަށެވެ.

މި އިވެންޓްގައި ވިޒިޓް އެންޑް ވިން ޕީކަބޫގެ ގިފްޓް ވައުޗާއެއް 20 ކުދިންނަށް ދޭން ނިންމާފައިވެ އެވެ. މިއިން ކޮންމެ ވައުޗަރަކީ 300ރުފިޔާގެ ވައުޗަރެކެވެ. އަދި މި ވައުޗާ ޕީކަބޫގެ ކޮންމެ ފިހަރާއަކުން ވެސް ގަބޫލުކުރާނެ އެވެ.

މި އިވެންޓްގައި ލީސިން ޕާޓްނާސް ތަފާތު ހަރަކާތްތައް ކުރިޔަށް ގެންދާނެ އެވެ. މިގޮތުން ފްރީ ޓޭސްޓިން، ފްރީ ގިފްޓްސް އަދި ގޭމްސް ވެސް ހިމެނެ އެވެ.

އެސްޓީއޯއިން ބުނީ މިއަދަށް ހާއްސަކޮށްގެން ޕޮއިސް އިން ކުޑަކުދިންގެ ސެންޓު ގަތުމުން ގިފްޓެއް ލިބޭނެ ކަމަށެވެ. އަދި ވަންނަ ކޮންމެ ކުއްޖަކަށް ވެސް ގިފްޓެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކުޑަކުދިން ގެ ދުވަހާ ގުޅިގެން ކުރިޔަށް ގެންދާ އާޓް ކޮމްޕެޓިޝަނުން ވަނަ ހޮވުން ހޯމަ ދުވަހު އޮންނާނެ އެވެ. މި ހަރަކާތް ކުރިޔަށް ދާނީ 4:00 އިން 6:00 އަށެވެ.