މި މަހުގެ ދެވަނަ ދުވަހު ހުޅުމާލޭ ފޭސް2 ގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓްގައި ޒަކަމްވި ޒުވާނާ މަރުވެއްޖެ އެވެ.
އެ އެކްސިޑެންޓް ހިނގާފައިވަނީ މި މަހުގެ ދެވަނަ ދުވަހުގެ ހަވީރު 15:17 ހާއިރު އެވެ. އެ އެކްސިޑެންޓްގެ ފޮޓޯތަކުން ފެންނަގޮތުގައި އެ ޒުވާނާ ބިންމައްޗަށް ވެއްޓިފައި އޮތްއިރު، ވަރަށް ގިނަ ލޭ ބިންމަތީގައި ހުއްޓެވެ.
އެ ހާދިސާގައި ނިޔާވެފައި ވަނީ ހދ. ނެއްލައިދޫ، ވަޒަން، އަހްމަދު ޒައިން، 30 އެވެ.
އެކްސިޑެންޓަށް ފަހު އޭނާ އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އެއަށް ފަހު ހާލު ސީރިއަސްވުމުން އައިޖީއެމްއެޗަށް ބަދަލުކުރި އެވެ. އެ ހޮސްޕިޓަލްގައި އޭނާއަށް ފަރުވާ ދީފައިވަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ.

ޗައިނާއިން އީރާނުގެ އާއިލާތަކަށް 200،000 ޑޮލަރުގެ އެހީއެއް ދެނީ
ރޯދަ ވީއްލުމަށް ފިނިބުއިމެއް ރަނގަޅެއް ނޫން!
ރޯދަ ކުރު ކުރުން: އެހާރާއި މިހާރަށް ނަޒަރެއް!
