ގާހިރާ (6 ޖެނުއަރީ ) - މިސްރުގެ ވައިގެ ސަރަހައްދު ގަރަތަށް ހުޅުވާލާނީ މިސްރުން ޑިމާންޑު ކުރާ ކަންތައްތައް ގަތަރުން ފުރިހަމަކުރުމުން ކަމަށް ބުނެފި އެވެ.
މިސްރުގެ ޑިމާންޑްތަކުގެތެރޭގައި ގަތަރާއި މުސްލިމު ބްރަދާހޫޑާ ދެމެދު އޮންނަ ގުޅުންތަކާއި މިސްރުގެ ދާހިލީ ކަންކަމާ ގަތަރުން ބެހުން ހުއްޓާލުމެވެ. މިސްރުން ތުހުމަތު ކުރާގޮތުގައި މުސްލިމް ބްރަދާހޫޑްގެ ކަންކަމުގައި ގަރަތުން އިސްރޯލެއް އަދާކުރެ އެވެ.
ސައުދީ އަރަބިއްޔާއިން 2017 ވަނަ އަހަރު ގަތަރާ ގުޅުން ކަނޑާލަން ނިންމާފައިވަނީ ގަތަރަކީ ޓެރަރިސްޓުންނަށް ވާގިވެރިވާ ގައުމެއް ކަމަށާއި އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ނަގާލަނީ ގަތަރުން ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް ގަތަރުން މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރެ އެވެ. އަދި އެ މައްސަލައާ ގުޅިގެން ސައުދީއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރޭން އަދި މިސްރުން ވެސް ގަތަރާ ގުޅުން ކަނޑާލި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ބައްދަލުވުމުގައި ސައުދީއަރަބިއްޔާއިން ގަތަރާ ތިން އަހަރަށް ފަހު އަލުން ގުޅުން ގާއިމްކުރުމަށް ނިންމައި ބޯޑަރުތައް ހުޅުވިޔަސް މިސްރުން އެކަން އެގޮތަށް ނުކުރާނެ އެވެ.
ޖީސީސީގެ ސަމިޓްގައި ސައުދީން ވަނީ ގަތަރާއެކު އަލުން ގުޅުން ގާއިމްކުރުމަށް އެއްބަސްވެފަ އެވެ. މިއާއެކު އެގައުމާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް އުވިގެންދާނެ ކަމަށް ދެގައުމުގެ އޮފިޝަލުންވަނީ ހާމަކޮށްފަ އެވެ. - އަލް އަރަބިއާ