ޚަތުރޯން ކޭ ކިލާޑީއަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޓީވީ ޝޯ އެކެވެ. އެޑްވެންޗާ ސްޓައިލަށް ގެނެސްދޭ މި ރިއަލިޓީ ޝޯވގެ މި އަހަރުގެ ސީޒަން ބެލުންތެރިންނާ ހަމައަށް އަންނަން މިވަނީ ވަރަށް ގާތްވެފަ އެވެ.
އެގޮތުން ބައިވެރިން މިހާރު ދެކުނު އެފްރިކާއަށް ގޮސްފައިވާއިރު ޝޯގެ ޝޫޓިން ވެސް ފެށިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. ޝޫޓިން ކުރިއަށްދާނީ ދެކުނު އެފްރިކާގެ ޖަންގަލި ތެރޭގަ އެވެ.
ޝޯގެ ޕްރެޒެންޓަރު ކަމަށްވާ ރޯހިތު ޝެޓީ ވެސް އިއްޔެގެ ވަގުތެއްގައި ދެކުނު އެފްރިކާއަށް ވަނީ ފުރާފަ އެވެ. އެހެން ކަމުން ޝޯގެ ފުރަތަމަ ޓްރެއިލާ ވަރަށް އަވަހަށް އާއްމު ކުރާނެ ކަމަށް ބެލެވެ އެވެ.
ޚަތުރޯން ކޭ ކިލާޑީގެ މިފަހަރުގެ ބައިވެރިންގެ ތެރޭގައި އަރްޗަނާ ގައުތަމް، ޝީޒަން ޚާން، އަންޖުމް ފައިޚް، އަރިޖިތު ތަނޭޖާ އަދި ރޯހިތު ރޯއީ ހިމެނެ އެވެ.
ޝޯގެ ކެމެރާގެ ފުރަގަހުގެ މަންޒަރުތައް ބައިވެރިން އެމީހުންގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން އަންނައިރު އަދި އެންމެންވެސް އުޅެމުން އަންނަނީ ވަރަށް ގުޅިގެންނެވެ.
ޚަތުރޯން ކޭ ކިލާޑީއަކީ ނުރައްކާތެރި ސްޓަންޓްތައް އެކުލެވޭ އެޑްވެންޗާ ރިއަލިޓީ ޝޯއެކެވެ. މި ޝޯގެ ކުރީގެ ސީޒަންތަކަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.
ޖަސްޓިންއާއި ސެލީނާގެ ލޯތްބަށް ނިމުން އައީ ކީއްވެ؟
ޗައިނާގެ 73 މީހަކު ފުޓުބޯޅައިން އުމުރަށް ސަސްޕެންޑް ކޮށްފި
2030 ވަނަ އަހަރުގެ ވޯލްޑް ކަޕުން ކޮންކާކަފް އަށް 6 ޖާގަ ލިބޭނެ