އެއްބަނޑު އެއްބަފާ ބޭބެ އިބްރާހިމް އަލީ ޚާން ފިލްމީ ދާއިރާއަށް ނުކުންނަކަން ބޮލީވުޑްގެ އެކްޓްރެސް ސާރާ އަލީ ޚާން ޔަގީން ކޮށްދީފި އެވެ.

ކަރަން ޖޯހަރުގެ ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީގައި ކެމެރާގެ ފުރަގަހުން އިބްރާހީމް ހަރަކާތްތެރިވި ނަމަވެސް އެކްޓަރެއްގެ ގޮތުގައި ދާއިރާއަށް ނުކުތުމާ މެދު އޭނާ އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެ.

އެހެން ނަމަވެސް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސާރާ ބުނީ އިބްރާހީމް އެދާއިރާއަށް ނުކުންނަން ތައްޔާރުވެފައިވާ ކަމަށާއި އޭނާގެ ފުރަތަމަ ފިލްމުގެ ޝޫޓިން ވެސް ނިމިފައިވާ ކަމަށެވެ.

އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ސާރާ ބުނީ އެ ދެބެއިންގެ މެދުގައި އޮންނަނީ ވަރަށް ހާއްސަ ގުޅުމެއް ކަމަށާއި އިބްރާހިމް ބޮލީވުޑަށް ނުކުންނަކަން އަދިވެސް ގަބޫލު ނުކުރެވޭ ކަމަށެވެ.

ސާރާއާއި އިބްރާހިމްއަކީ ސައިފް އަލީ ޚާން އާއި އަމްރީތާގެ ކައިވެންޏަށް ލިބުނު ދެ ދަރިންނެވެ. ސައިފްގެ ދެވަނަ ކައިވެންޏަށްވެސް މިހާރު ދެކުދިން ލިބިފައިވެ އެވެ.

2018 ވަނަ އަހަރު ނުކުތް ކެދަރްނާތުން ސާރާ ބޮލީވުޑަށް ނުކުތް އިރު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ވަނީ އާއްމުންގެ ބޮޑު ތަރުހީބެއް ހޯދާފަ އެވެ.