ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރްގެ އަންހެނުން މީރާ ރާޖްޕޫތަކީ ދޮގުވެރިއެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭނާއަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
މީރާއަކީ ދޮގުވެރިއެއް ކަމަށް ބުނެ ސޯޝަލް މީޑިއަގައި ފާޑުކިޔަނީ އޭނާ އިވެންޓެއް ނިންމާފައި ގެއަށް ދިއުމަށް ނިކުތް ވަގުތު ނޫސްވެރިންނާއި ޕަޕަރާޒީން ކިބައިން ސަލާމަތްވުމަށް ބުނި އެއްޗެއްގެ ސަބަބުންނެވެ. މީރާ ބުނެފައި ވަނީ އޭނާ އަވަހަށް ގެއަށްދާން ބޭނުންވާ ކަމަށާއި އެއީ މާދަމާ ސްކޫލަށް ކުދިން ފޮނުވުމަށްޓަކައި ކަމަށެވެ.
މީރާ މިހެން ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާ ފެށުމާއެކު އޭނާ އަކީ ދޮގުވެރިއެއް ކަމަށް ބުނެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެގޮތަށް ބުނާ މީހުން ބުނިގޮތުގައި މީރާއަށް މިދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްތަކެއްކަން މީރާއަށް ނޭނގޭ ކަމަށެވެ.
ނަމަވެސް މީރާގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. މީރާ ދިފާއުގައި ވާހަކަ މީހަކު ބުނީ ސްކޫލް ބަންދު ދުވަސްވަރެއް ނަމަވެސް ބައެއް ސްކޫލްތަކުގައި އެކްސްޓްރާ ކަރިކިއުލާ އެކްޓިވިޓީސް ހިންގާކަމަށާއި އެހެންކަމުން ބައެއް ސުކޫލްތަކަށް ދަރިން ގެންދަން ވެސް ޖެހޭ ކަމަށެވެ. އަދި މީރާ އެބުނި އެއްޗެއްގެ ހަގީގަތް ނުބަލާ އޭނާއާ ދިމާކޮށް ހެދުމަކީ ހުތުރުކަމެއް ކަމަށް ވެސް އޭނާގެ ދިފާއުގައި ވާހަކަދެއްކި މީހުން ބުނެ އެވެ.
މީރާ އަކީ ފިލްމީ ސެލެބްރިޓީއަކަށް ނުވިޔަސް، އަބަދު ވެސް މީޑިއާތަކުގެ ސަމާލުކަން ވަރަށް ބޮޑަށް ލިބޭ މީހެކެވެ. އެގޮތުން އޭނާގެ ކޮންމެވެސް ވާހަކައެއް މީޑިއާތަކުގައި އަބަދުވެސް ދައުރުވެ އެވެ.
ޝާހިދު ކަޕޫރާއި މީރާ ކައިވެނި ކުރީ 2015 ގަ އެވެ. މިދެ މީހުންގެ ދެ ކުދިން ތިބެ އެވެ.