ކިޑްނީ ޓްރާންސްޕްލާންޓް ހެދުމުގެ ހުއްދައަށް ޓްރީޓޮޕް ހޮސްޕިޓަލުން ހެލްތު މިނިސްޓްރީގައި އެދިއްޖެ އެވެ.
ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލްގެ ޗީފް އޮޕަރޭޓިން އޮފިސަރު އާދިލް މޫސާ ވިދާޅުވީ އެ ހޮސްޕިޓަލުން މަސައްކަތް ކުރަނީ ރާއްޖެއިން ނުލިބޭ ހިދުމަތްތައް ތައާރަފްކުރަން ކަމަށެވެ. އަދި ކިޑްނީ ޓްރާންސްޕްލާންޓް ހެދުމުގެ ހުއްދައަށް އެދުނީ އެ ހުވަފެން ހަގީގަތަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.
އާދިލް ވިދާޅުވީ އެ ފަރުވާދެވޭނެ ސެޓަޕް އެ ހޮސްޕިޓަލްގައި ވަނީ ގާއިމްކުރެވިފައި ކަމަށާއި ހުއްދަ ލިބިއްޖެނަމަ އަވަހަށް ފަރުވާ ފެށޭނެ ކަމަށެވެ.
ޓްރީޓޮޕްގައި ޓްރާންސްޕްލާންޓް ހެދުމަށް އިސްނަގައިގެން އުޅެނީ ޔޫރަޕްގެ ވަރަށް ސީނިއާ ޑޮކްޓަރެއް ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.
ޓްރީޓޮޕުން އެފަދަ ހުއްދައަކަށް އެދުނަސް އެކަމަށް ބޭނުންވާ ގާނޫނެއް ރާއްޖެއަކު ނެތެވެ. އެފަދަ އޮޕަރޭޝަނެއް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ވެސް މީގެ ކުރިން ވަނީ ބުނެފަ އެވެ.