ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ބިޕާޝާ ބާސޫ އާއި ކަރަން ސިންގު 90 ލައްކަ ރުޕީސްގެ ކާރެއް ގަނެފި އެވެ.

ބިޕާޝާ އާއި ކަރަން މިފަހަރު ގަނެފައިވަނީ ހުދު ކުލައިގެ އޯޑީ ކިއު7 ބްރޭންޑްގެ ކާރެކެވެ. މިކާރައަކީ އެމީހުންގެ ހަ މަހުގެ ދަރިފުޅަށް ހާއްސަކޮށްގެން ގަނެފައިވާ ކާރެއް ކަމަށް ބިޕާޝާ ބުންޏެވެ.

އަދި ކާރުގެ ވީޑިއޯއެއްވެސް ބިޕާޝާގެ އިންސްޓަގްރާމްގައި ވަނީ ހިއްސާކޮށްފަ އެވެ. މިކާރަށް ދީފައިވަނީ ނަމަކީ " ނިއު ރައިޑް" އެވެ.

ބިޕާޝާ އާއި ކަރަންގެ އަލަތު ދަރިފުޅު ދޭވީއަށް މަރުހަބާ ކިޔާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ބޮލީވުޑްގެ އެންމެ ހޮޓް އެއް ޖޯޑުގެ ގޮތުގައި ފާހަގަކުރާ ބިޕާޝާ އާއި ކަރަން ދިމާވީ 2014 ގައި، އެ މީހުން އެކުގަައި މަސައްކަތް ކުރި ފިލްމު "އެލޯން" ގެ ސެޓުންނެވެ. ފިލްމުގެ ޝޫޓިންތަކަށް ފަހު ދެ މީހުން ތިބީ ގާތް ރައްޓެހިންގެ ގޮތުގައި ކަމަށް ވިޔަސް ފަހުން ލޯބިވެވުނީ ކަމަށް ވެ އެވެ. އެ މީހުން ކައިވެނިކުރީ 2016 ވަނަ އަހަރު އެވެ.