އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ) ގެ މިންގަނޑުތަކަށް ފެތޭ އައިޑެންޓިޓީ ޑޮކިއުމަންޓްތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ދިވެހި ސީމަނުންނަށް ފޯރުކޮށްދިނުމަށް ރާވާފައިވާކަން ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ ވިދާޅުވީ ބޭރުގެ ބަނދަރުތަކުން ގަބޫލުކުރާ މިންގަނޑުތަކަށް ފެތޭ ކަނޑުމަތީގެ އައިޑެންޓިޓީ ޑޮކިއުމަންޓެއް އުފެއްދުމަށް ސަރުކާރުން އިމިގްރޭޝަނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިވަގުތު ދިވެހި ކަނޑުމަތީގެ ދަތުރުވެރިން ބްރެޒިލްގެ ބަނދަރުތަކަށް ވަންނަން އުޅޭއިރު ހުރަސްތަކެއް ކުރިމަތި ވިޔަސް އާ އައިޑެންޓިޓީ ޑޮކިއުމަންޓްތައް ތައާރަފް ކުރުމާއެކު، ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ މީހުން ބައިނަލްއަގްވާމީ ބަނދަރުތަކަށް ވަދެވޭނެ ގޮތް ރަނގަޅުވާނެ ކަމަށް ހަމަދު ވިދާޅުވި އެެވެ.
ދިވެހީންގެ 80 އަށް ވުރެ ގިނަ ސީމަނުން ތަމްސީލުކުރާ އޭޖެންޓެއް ކަމަށްވާ އޭޝިއާ މެނޭޖްމަންޓުން ވަނީ ސްޓޭންޑަޑް ކަނޑުމަތީގެ އައިޑެންޓިޓީ ޑޮކިއުމަންޓްތައް ނެތުމާ ގުޅިގެން ކަންބޮޑުވުންފާޅުކޮށްފަ އެވެ. އައިއެލްއޯ އާއި މެރިޓައިމް ލޭބާ ކޮންވެންޝަން (އެމްއެލްސީ) އިން އެ މުއާހަދާ ތަސްދީގު ކުރަން ފެށުމުން ކުރިއަށް އޮތްތަނުގައި އެހެން ސަރަހައްދުތަކުގެ ބަނދަރުތަކަށް ލޯކަލް ކަނޑު ދަތުރުވެރިންނަށް ވަދެވޭނެ ގޮތް ގެއްލޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
ތެޔޮ ބައުޒަރަކުން ޖެހި ފްލައިދުބާއީގެ ބޯޓެއް ގްރަންޑުވެއްޖެ
ފަތިސް ގަޑީގައި ހިނގާލަން ދިއުމުގެ ފައިދާތައް ވަރަށް ގިނަ!
ޖަނަވާރަކަށް އަނިޔާ ދީފި ނަމަ 50،000 ރުފިޔާއިން ޖޫރިނަމާ ކުރަނީ
