ކަސްރަތު ކުރިޔަސް ބަރުދަން ލުއި ނުވުމަކީ ގިނަ ބައެއްގެ އާއްމު ޝަކުވާ އެކެވެ. މި ލިޔުމުގައި މި ބަލާލަނީ އެކަމުގެ ސަބަބުތަކަށެވެ.

ރަނގަޅަށް ނުނިދުން

ކަސްރަތާ އެއްވަރަށް ނިންޖަކީ ހަށިގަނޑަށް ވަރަށް މުހިއްމު ކަމެކެވެ. ވަގުތު ހުންނަ ގޮތުން ގަޑި ހަމަކޮށްގެން ނިދި ހޯދުމަކީ ބައެއް ފަހަރު އެންމެ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. ނަމަވެސް ޝެޑިއުލަށް ބަދަލު ގެނެސްގެން ނަމަވެސް ނިދި ހަމަ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިއީ ހަށިގަނޑު ކަސްރަތައް ފަހު ރިކަވަރީ އަށް ވަށް މުހިއްމު ކަމަކެވެ.

މާ ގިނައިން ކާޑިއޯ ޖެއްސުން

ކާޑީއޯ އަކީ ދުޅަހެޔޮ ސިއްހަތަކަށް ވަރަށް މުހިއްމު ކަމެކެވެ. ހިތުގެ ސިއްހަތު ދުޅަހެޔޮކަން މަތީގައި ބެހެއްޓުމާއި ރަނގަޅަށް ދާހިއްލުމަށްޓަކައި ކާޑިއޯއަކީ ވަރަށް މުހިއްމު ކަސްރަތެކެވެ. ނަމަވެސް ކަސްރަތަށް ހަމައެކަނި ކުރާ ކަމަކީ ކާޑިއޯ ކަމަށް ވާނަމަ ނުވަތަ މާ ގިނައިން ކާޑިއޯ ހަދާނަމަ އޭގެ ސަބަބުން ފައިދާ ލިބޭ ވަރަށް ވުރެ ވާނީ ގެއްލުމެވެ.

މެދުނުކެނޑި ކަސްރަތު ކުރުން

ކަސްރަތު ކުރާއިރު އިންސްޓްރަކްޓަރުން އެންމެ ފުރަތަމަ ވެސް ދޭނެ އެއް ނަސޭހަތަކީ ބްރޭކް ދުވަސް ނެގުމަށެވެ. މިއީ ވަރަށް މުހިއްމު ކަމެކެވެ. ކޮންމެ ދުވަހަކު ކަސްރަތު ކުރާނަމަ އޭގެ ސަބަބުން ހަށިގަނޑު ހަމައަކަށް އެޅެން ވަގުތެއް ނުލިބެ އެވެ. މިއީ ކަސްރަތު ކުރުމަށް ވުރެ ވެސް ބައެއް ފަހަރަށް މުހިއްމު ކަމެކެވެ.